logoEN
ޕީއެންސީ 2
ތިނަދޫގައި ބީޗް ގޭމްސް ތައާރަފްކުރުމާ ގުޅޭ ގޮތުން ހުވަދޫ ސްވިމިން ކްލަބާ މަޝްވަރާކޮށްފި

ތިނަދޫގައި ބީޗް ގޭމްސް ތައާރަފްކުރުމާ ގުޅޭ ގޮތުން ހުވަދޫ ސްވިމިން ކްލަބާ މަޝްވަރާކޮށްފި

Admin

logo

9/22/2021, 10:10:30 PM

242512303_2975764179337783_8207291047656952685_n

ހުވަދު އަތޮޅުގައި ހިންގާ އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާ ކަމުގައިވާ "ހުވަދޫ ސްވިމިން ކްލަބް"އިން ޔޫތް މިނިސްޓަރުގެ ނައިބް, މުޙައްމަދު ނާސިހު ރަޝީދާ ބައްދަލުކޮށްފިއެވެ.

ޝަރީ 2024

މި ނޫހަށް މައުލޫމާތު ދެއްވަމުން ހުވަދޫ ސްވިމިން ކްލަބުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ, މާޝާ ވަހީދު ވިދާޅުވީ މިރޭގެ ބައްދަލުވުމުގައި އެ ކްލަބުން ކުރިއަށް ގެންދާ ހަރަކާތްތަކާއި, ކުރިއަށް އޮތް ތަނުގައި ހިންގަން ރޭވިފައިވާ ހަރަކާތްތަކުގެ މައުލޫމާތު ޔޫތް މިނިސްޓަރުގެ ނައިބާ ހިއްސާ ކުރެވުނު ކަމަށެވެ. އަދި އެ ކްލަބަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހަރަކާތްތައް ހިންގުމަށް ހުރި ހުރަސްތަކާއި ދަތިތަކަށް ހައްލު ހޯދައިދެވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ތިނަދޫގެ ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީ ކުރުމުގެ މުޙިއްމުކަމަށް އަލި އަޅުވާލައި, ދާއިރާއާ ގުޅޭ އެކި ހަރަކާތްތައް އެ ސަރަހައްދުގައި ކުރިއަށް ގެންދަން މަޝްވަރާ ކުރެވުނު ކަމަށް މާޝާ ވިދާޅުވިއެވެ. އަދި ތިނަދޫގައި ބީޗް ގޭމްސް ތައާރަފްކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ޔޫތް މިނިސްޓަރގެ ނައިބް މަޝްވަރާ ކުރެއްވި ކަމަށެވެ.

ގދ. ތިނަދޫ ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި މިރޭ ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމުގައި ތިނަދޫ ކައުންސިލްގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ތިނަދޫ ކައުންސިލާއި ހުވަދޫ ސްވިމިން ކްލަބް ގުޅިގެން ހިންގިދާނެ ހަރަކާތްތަކާ ގުޅޭ ގޮތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ