logoEN
ޕީއެންސީ 2
ކޮފީ ނުބޯ މީހަކު ޓެގްކޮށްލަބަލަ!

ކޮފީ ނުބޯ މީހަކު ޓެގްކޮށްލަބަލަ!

Admin

logo

9/1/2021, 9:30:05 AM

DSC_1883

ދިވެހިންނަށް އެންމެ ކަމުދާ ބުއިމަކަށް ވެފައި އޮންނަނީ ކޮފީއެވެ. ޝައްކެއްވެސް ނެތެވެ. އެހެން ނަމަވެސް އަހަރަމެންގެ ތެރޭގައި ވެސް ކޮފީ ނުބޯ މީހުންވެސް އެބައުޅެއެވެ. ސަބަބެއް ކަމަށް ގިނަ ފަހަރު ބުނަނީ ލިބޭ ފައިދާއެއް ނެތް ވާހަކައެވެ.

ޝަރީ 2024

މާ ގިނައިން ކޮފީ ބޯ ނަމަ ސިއްހަތަށް ގެއްލުންވާނެ ކަމަށް ދެކެވޭ ވާހަކަތައް ވެސް ދޭތެރެއަކުން އަޑު އިވެ އެވެ. ނަމަވެސް އެއިން ކުރާ ފައިދާތަކުގެ ވާހަކަތައް ވެސް އިވޭލެއް ވަކި މަދެއް ނޫނެވެ. އިވޭ މި ތަފާތު އަޑުތަކަށްފަހު ގިނަ ފަހަރަށް މީހުން ތިބެންޖެހެނީ ހަނދާނެ ގޮތެއް ނޭނގިފަ އެވެ. ކޮފީ ބޯންވީތޯ ނޫނީ ނޫންތޯ ފަދަ ސުވާލު މާކުގެ ތެރޭގަ އެވެ.

މި ފަހަރުގެ ވާހަކައަކީ ދުވާލަކު ތިން ތަށި ކޮފީ ބޯނަމަ އެއިން ސިއްހަތަށް ލިބޭނެ ގެއްލުމަށް ވުރެން ބޮޑަށް ކުރާނީ ފައިދާ އެވެ. މިއީ އިނގެރޭސިވިލާތުގެ ސައުތްހެމްޓަން ޔުނިވާސިޓީގައި ޕަބްލިކް ހެލްތު ސްޕެޝަލިސްޓަކު ހެދި ދިރާސާއެއްގެ ނަތީޖާ އެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ކޮފީ ބޯނަމަ ޑައިބެޓިސް އާއި ސިކުނޑީގެ ތަފާތު ބަލިތަކުގެ އިތުރުން ލިވާ، ޕްރޮސްޓޭޓް އަދި ހަމުގެ ކެންސަރުފަދަ ކެންސަރުގެ ބަލިތަކުން މީހާ ސަލާމަތް ކޮށްދޭނެ އެވެ.

މީގެ ނަތީޖާ އެންމެ ރަނގަޅަށް ފެންނާނީ ދުވާލަކު ތިނެއް ނޫނީ ހަތަރު ކޮފީ ތަށި ބޯ މީހުނަށް ކަމަށް އެ ދިރާސާގައި ވެއެވެ. ނަމަވެސް މާބަނޑު އަންހެނުންނާއި ކަށި ބަލި މީހުނަށް މިއީ ކުރުން ރަނގަޅު ނޫން ކަމެއް ކަމަށް ބުނެފައިވެ އެވެ.

ކޮފީ ބޯ ނަމަ އާންމުކޮށް މީހުން މަރުވާން މެދުވެރިވާ ހިތުގެ ބަލިތައްފަދަ ބަލިތަކުން މިހާ ސަލާމަތް ކޮށްދެ އެވެ. މިގޮތަށް މަރުވާ މީހުންގެ އަދަދު އެންމެ މަދީ ދުވާލަކު ތިން ތަށި ކޮފީ ބޯ މީހުންގެ މެދުގަ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެ ދިރާސާ ހެދި ފަރާތުން ބުނީ މި ދިރާސާގައި ގިނައިން ބޭނުން ކޮށްފައިވަނީ އޮބްޒަވޭޝަނަލް ޑޭޓާއަށް ވުމުން، މި ނަތީޖާއަކީ އެންމެ ސައްހަ ނަތީޖާއަށް ނުވެދާނެ ކަމަށެވެ. އެހެން ނަމަވެސް ކޮފީއަކީ އެތަށް ގޮތަކުން ހަށިގަނޑަށް ފައިދާތައް ލިއްބާދޭ އެއްޗެއްކަން ކުރީގެ ދިރާސާތަކުން ކަށަވަރުކޮށްދީފައި ކަމަށް އެ ދިރާސަގައި ބުނެފައިވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ