logoEN
ޕީއެންސީ 2
ބާސާ އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް ފެށުން ވަރުގަދަކޮށްފި

ބާސާ އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް ފެށުން ވަރުގަދަކޮށްފި

އަޙްމަދު ޖަމީލު

logo

8/16/2021, 7:50:52 AM

# ބާސާ# ރެޔާލް ސޮސިއެޑާޑް

FC645BA4-1D33-49A6-B634-C1D2B9EA3335

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ ރެއާލް ސޮސިއެޑާޑް އަތުން 4-2 ގެ ނަތީޖާއަކުންނެވެ.

ޝަރީ 2024

ބާސާއިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ 19 ވަނަ މިނެޓުގައި ބާސާ އިން ލީޑު ނެގިއެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ޖެރާޑް ޕީކޭއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާޓީން ބްރެތުވެއިޓް ވަނީ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 59 ވަނަ މިނެޓުގައި ބްރެތުވެއިޓް ވަނީ ބާސާގެ ތިންވަނަ ލަނޑުޖަހާފައެވެ. ނަމަވެސް އޭގެ ފަހުން ހުލެން ލޮބެޓޭ އާއި މިކޭލް އޮޔާޒަބަލުގެ ލަނޑުތަކުން ސޮސިއެޑާޑުން ވަނީ ފަރަގު ކުޑަކޮށްދީފައެވެ. މި މެޗުގައި ބާސާއިންއަލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި ސާޖީ ރޮބާޓޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

undefined

މި މެޗަކީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބާސާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ފަހުން ސްޕެނިޝް ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ