logoEN
cocacola
ޑްރަގް އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލި ތުހުމަތަށް ދާންދޫ ރައީސްގެ ފޯނު ހިފަހައްޓައިފި

ޑްރަގް އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލި ތުހުމަތަށް ދާންދޫ ރައީސްގެ ފޯނު ހިފަހައްޓައިފި

Admin

logo

8/11/2021, 12:55:38 PM

އާސިފް

ގއ. ދާންދޫގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ މައުލޫމާތު ލީކް ކޮށްލި ކަމުގެ ތުހުމަތަށް އެރަށު ކައުންސިލްގެ ރައީސް, މުޙައްމަދު އާސިފްގެ ފޯނު ހިފަހައްޓައިފިއެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރަށުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލި މައްސަލައެއްގެ ތުހުމަތަށް ހަތަރު މީހެއްގެ ފޯނުތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެމައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"ގާފު" އަށް ޔަގީންވެފައިވާ ގޮތުގައި ފޯނުތައް ހިފެހެއްޓި ހަތަރު މީހުންގެ ތެރޭގައި ދާންދޫ ކައުންސިލްގެ ރައީސް, މުޙައްމަދު އާސިފްވެސް ހިމެނިވަޑައިގަންނަވައެވެ.

އާއްމުކޮށް ފުލުހުން ހިންގާ އެފަދަ އޮޕަރޭޝަންތަކުގެ މައުލޫމާތު, އޮޕަރޭޝަން ފެއްޓުމުގެ ކުރިން ފުލުހުންގެ ފަރާތުން އެރަށެއްގެ ކައުންސިލާ ހިއްސާ ކުރާނެ އެވެ.

ތަފްސީލް އަންނަނީ...

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ