logoEN
ޕީއެންސީ 2
ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ސިމްބޮލިކް ރިކޯޑްސް ރަތަށް

ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ސިމްބޮލިކް ރިކޯޑްސް ރަތަށް

Admin

logo

11/25/2020, 4:08:41 PM

# ސިމްބޮލިކް ރެކޯޑްސް# ރެޕް

symbolic records

ސަރުކާރުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން ނުދާތީ، ރެޕް ލަވަތަކުން ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނެސްދިން ސިމްބޮލިކްސް ރެކޯޑްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޝަރީ 2024

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ކުންފުންޏެއްގެ ދަށުން ހިންގަމުން އަންނަ ސިމްބޮލިކް ރިކޯޑްސްގެ އެމްޑީ، އަހުމަދު މުޙައްމަދު (އޭޑީ) ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއާ ހަވާލުވެ ހުންނެވި މިނިސްޓަރުވެސް ސިމްބޮލިކާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި ދިވެހި މީޑިއާތަކަށްވެސް ކަމުދަނީ "ވަކި ބައެއް" ކަމަށެވެ.

"ޒުވާނުންނަށް މެސެޖްތަކެއް ދޭން ކޮވިޑް-19 އާ ދެކޮޅަށް ހެދި ލަވަ ރިޓްވީޓް ކޮށްލަންވެސް ނުކެރުނު. އެހެން ބަޔަކަށް ނުހޯދޭ ވަރުގެ ކުރިއެރުމެއް ހޯދުނީމަ އެކަން ފާހަގަކޮށްލަން ނުކެރޭ މީހަކު ކިހިނެތް މި ދާއިރާ ކުރިއަރުވާނީ،" މިނިސްޓަރ އޮފް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނަށް އަމާޒުކުރަމުން އެ ޕޯސްޓުގައި އޭޑީ ބުނެފައިވެއެވެ.

އެ ޕޯސްޓުގައި އޭޑީ ބުނީ ކިތަންމެ ވަރަކަށް ތަފާތު ކުރުންތައް ބެހެއްޓިޔަސް ސިމްބޮލިކްގެ އަޑު ކެނޑިގެން ނުދާނެ ކަމަށެވެ. އަދި އެ ބްރޭންޑުގެ އަޑު ނީވޭ ހިސާބަކަށް ރާއްޖެ ދެން ނުދާނެ ކަމަށާއި އަޑު އަހަން ބޭނުން ނުވިޔަސް އެ އަޑު ކުރިއަށް އޮތް ތަނުގައިވެސް އިވޭނެ ކަމަށް އޭޑީ ބުނެފައިވެއެވެ.

"އެ ވަރު ރަތާއި ކަޅުގެ ލަޝްކަރުގެ ހުންނާނެ،" އެ ޕޯސްޓު ނިންމާލަމުން އޭޑީ ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާ ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިނިސްޓަރ ޔުމްނާއަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެ މަގާމުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ހުންނެވި ނަމަ ދާއިރާގެ ކަންކަން މާ ރަނގަޅަށް ރާވައި ކުރިއަރުވާނެ ކަމަށެވެ.

"މިއުޒިކާ ގުޅުން ހުރި ކަންކަން މިނިސްޓަރ ޔުމްނާ މައުމޫން އަތުން ވަކިކޮށް މިނިސްޓަރ އަހުމަދު މަހުލޫފް އާ ހަވާލުކޮށްލަން ފެނޭ. ކަމަށް ކަމޭ ހިތައިގެން ކަމާއި ވެގެން އުޅޭ މީހަކަށް ނޫނީ ކަންކަން ފުރިހަމައެއް ނުކުރެވޭނެ!. މިއުޒިކް ގެ ބަދަލު ވަމުންދާ ޓްރެންޑްތައް އަންޑަސްޓޭންޑް ވުމަކީވެސް މުހިއްމު ކަމެއް!" މިނިސްޓަރު މަހުލޫފާއި ޔުމްނާ ޓެގްކޮށްފައިވާ އެ ޓްވީޓުގައި އޭޑީ ބުނެފައިވެއެވެ.

Music aa gulhun huri kankan Minister @yumna_maumoon athun vaki koh Minister @AhmedMahloof aa havaal kohlan feney! Kamah kameyhithaigen kamaai vegen ulhey meehakah noonee kankan furihamaeh nukureveyne! Music ge badhalu vamundhaa trend thah understand vumakee ves muhinmmu kameh!

— Eydee (@EydeeSR) November 25, 2020

ސިމްބޮލިކް ރެކޯޑްސްއަކީ ސައުންޑްކްލައުޑުގައި ވެރިފައިޑް ސްޓެޓަސް ލިބުނު ފުރަތަމަ ފަރާތެވެ. ރެޕް އަދި ހިޕްހޮޕް މިއުޒިކަށް ޚާއްސަކޮށްގެން އުފެއްދި ސިމްބޮލިކް ރިކޯޑްސްގެ ސްކޯޕް ފުޅާކޮށް، އެ ލޭބަލްއިން މިހާރު ދަނީ އެކި އެކިޒާތުގެ މިއުޒިކާއި، ވީޑިއޯގްރަފީގެ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ހިޕްހޮޕް އަލްބަމެއް ނެރުނީވެސް ސިމްބޮލިކުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ