logoEN
cocacola
ތިނަދޫ ކައުންސިލުގެ ގުރުއާން މުބާރާތުން އެއްވަނަ ސްކޫލަކަށް އަބޫބަކުރު ސުކޫލް

ތިނަދޫ ކައުންސިލުގެ ގުރުއާން މުބާރާތުން އެއްވަނަ ސްކޫލަކަށް އަބޫބަކުރު ސުކޫލް

އަޙްމަދު ޖަމީލު

logo

11/23/2020, 11:31:54 PM

# ޤުރުއާން މުބާރާތް

DSC_0786

ގދ ތިނަދޫ ކައުންސިލުގެ އަށްވަނަ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތުން ދެ ގޮފި އެއްކޮށް އެއްވަނަ ސްކޫލަކަށް ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލް ހޮވިއްޖެއެވެ.

ގޮސިޔާ

މި މުބާރާތުން އަބޫބަކުރު ސްކޫލް އެއްވަނަ ހޯދާފައިވާއިރު، ދެގޮފި އެއްކޮށް ދެވަނަ ހޯދާފައިވަނީ ތިނަދޫ ސްކޫލެވެ. އަދި ތިންވަނަ ހޯދާފައިވަނީ ގދ.އަތޮޅު ތަޢުލީމީ މަރުކަޒެވެ.

ޤުރުއާން މުބާރާތުން ވަނަ ވަނައަށް އައި ކުދިންގެ ނަތީއްޖާ ފާޅުކުރުމަށް މިރޭ ތިނަދޫ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ ކުރިއަށް ގެންދިޔައިރު ހަފްލާގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ގދ.ކާޑެއްދޫ އެއާރޕޯޓްގެ މެނޭޖާރ މުހައްމަދު ޝަރީފެވެ.

ގދ.ތިނަދޫ ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މިމަހުގެ 19 އިން 21 އަށް ތިނަދޫ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ ބޭއްވި މި ޤުރުއާން މުބާރާތުގައި ޖުމްލަ 238 ކުދިން ބައިވެރިވައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ