logoEN
cocacola
އިންޓަނެޓް އަގުހެޔޮ ކުރުމާއި މެދު އަދި ގޮތެއް ނުނިމޭ - މިނިސްޓަރ ފައްޔާޒް

އިންޓަނެޓް އަގުހެޔޮ ކުރުމާއި މެދު އަދި ގޮތެއް ނުނިމޭ - މިނިސްޓަރ ފައްޔާޒް

އަހުމަދު ޝުރާއު

logo

5/2/2021, 9:11:02 AM

img_md_202009091009571599671397.6606

އިންޓަނެޓްގެ ޚިދުމަތުގެ އަގު ހެޔޮކުރުމާއި މެދު އަދި ސީދާ ގޮތެއް ނުނިންމޭ ކަމަށް އިކޮނޮމިކް މިނިސްޓަރ، ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އިންޓަނެޓްގެ އަގު ހެޔޮކުރުމާއި ގުޅޭގޮތުން މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން މިނިސްޓަރ ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި އިންޓަނެޓްގެ އަގުތަކާއި ގުޅޭގޮތުން މީޑިއާތަކުން ފަތުރަމުންދަނީ ސައްޚަ ޚަބަރުތަކެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭގޮތުން ޓެކް އިންޑަސްޓްރީ އާއި އިންޓަނެޓްގެ ވަސީލަތްތައް ފޯރުކޮށްދޭ ފަރާތްތަކާއެކު މަޝްވަރާކުރާތާ މިހާރު ދެ މަސް ވެފައިވާ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ، އިންޓަނެޓްގެ އަގު ހެޔޮކުރުމާއި ބެހޭ މަޝްވަރާތައް ކުރެވުނުނަމަވެސް އަދި މިކަން ސީދާ ކޮޅެއްގައި ނުޖެހޭ ކަމަށެވެ. ނަމަވެސް އިންޓަނެޓްގެ އަގުތަކަށް ކައިރި މުސްތަޤުބަލެއްގައި ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް މީޑީއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 500 ރުފިޔާއަށް 100 ޖީބީ ލިބޭ ގޮތަށް ހެދުމަށް ސަރުކާރުން ވަނީ ހުށަހަޅާފައިއެވެ. އަދި ސަރުކާރުން މިގޮތަށް ހުށަހަޅާފައި ވަނީ މިހާރު ހިދުމަތްދޭ ފަރާތްތަކާއެކު ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި ކަމަށްވެސް މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ