ބުޅާ ދައްކާ ވާހަކަ ތަރުޖަމާކޮށްދޭ އެޕްލިކޭޝަނެއް ތައާރަފްކޮށްފި

ބުޅަލަކީ ގިނަ ބަޔަކު ލޯބިވާ، އެ ޖަނަވާރެއް އޮޅުކޮށްގެން ގެންގުޅޭ ވަރަށް ލޯބި ޖަނަވާރެކެވެ. ރާއްޖޭގައިވެސް ގިނަ ބަޔަކު ބުޅާ ގެންގުޅެއެވެ. އަދި އަމިއްލަ ދަރިން ފަދައިން އެ ބުޅާތައް ބަލަހައްޓައެވެ.

ގިނަ ބަޔަކު ބުޅާ ދެކެ ލޯބި ވަނީވެސް އެ ޖަނަވާރުގެ "ކިއުޓް" ކަމުންނެވެ. އުޅޭ ލާނެއް ވައްތަރުންނެވެ. ޖަހާ ސަކަރާތުގެ ސަބަބުންނެވެ. ނަމަވެސް ބުޅަލުގެ އަސްލު އިހުސާސްތައް އެނގެނީ މަދު ބަޔަކަށެވެ. އަދި ބުޅާ ލައްވާ "މިއައު" ގެ އެކި ރާގުތަކުން އެ ބުނެދޭން އުޅެނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. ކޮށްލެވެނީ އަންދާޒާއެކެވެ.

މިފަހަރު  މިއީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ބަޔަކު ކޮށްފައިވާ މަސައްކަތްތަކެއްގެ ވާހަކަ އެވެ. އެއީ މިހާރު ގޫގަލް ޕްލޭ ސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވެން އޮތް "މިއައުޓޯކް" އެޕްލިކޭޝަނުގެ ވާހަކައެވެ.

މި އެޕްލިކޭޝަނަކީ ބުޅާ ލައްވާލާ އަޑުތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭ އެޕްލިކޭޝަނެކެވެ. އެ އެޕްއިން ބުޅާ ލައްވާ އަޑުގެ ތެރެއިން 13 އަޑެއް ތަރުޖަމާކޮށްދޭ ކަމަށް އެ އެޕްލިކޭޝަން ތަރައްގީކޮށްފައިވާ ޓީމުން ހާމަކޮށްފައިވެއެވެ. އެ ޓީމުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި އެ އެޕްލިކޭޝަން އިތުރަށް ފުޅާކޮށް މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ވަނީ ނިންމާފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް