ފިޔޯރީ ސިއްހީ މަރުކަޒުގައި ފައިބާ ނެޓްވޯކު އެޅުމަށް ކޯރު ކޮނެދޭނެ ފަރާތެއް ހޯދަނީ

ގދ, ފިޔޯރީ ---

ގދ.ފިޔޯރީ ކައުންސިލްގެ އިދާރާއިން ގދ.ފިޔޯރީ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ފިޔޯރީ ސިއްހީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މަސައްކަތާ ގުޅޭ މައުލުމާތު ސާފު ކުރުމުގެ ސެޝަން 9 މެއިގެ ހެނދުނު 10:30 ގައި އެ މަރުކަޒުގައި އޮންނާނެ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 މެއި ގެ 11:00 ގައި ހަމަ އެ މަރުކަޒުގައި ކަމަށްވެސް އިއުލާނުގައި ވެއެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައި ކަމަށާއި ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން ހުށަހަޅަންވާނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް