logoEN
ކޮކާކޯލާ
ތިނަދޫ ގޭސް ޕްލާންޓުގެ އޮފީސް އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ

ތިނަދޫ ގޭސް ޕްލާންޓުގެ އޮފީސް އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ

# ގދ.ތިނަދޫ# މޯލްޑިވް ގޭސް

263904_3_850630537ac514a1395b83f239df7ec808d956cd_large

މޯލްޑިވް ގޭސް އިން ގދ. ތިނަދޫގައި ތަރައްގީ ކުރަމުންދާ ގޭސް ޕްލާންޓް ހިމެނޭ ސަރަހައްދުގައި އޮފީސް އަދި އެކޮމޮޑޭޝަން އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން އެކުންފުނިން އިއުލާންކޮށްފިއެވެ.

އަބުޅޯ

އެ ކުންފުނިން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތިނަދޫ ގައި އިމާރާތްކުރަންމުންދާ ގޭސްޕްލާންޓް ހިމެނޭސަރަހައްދުގައި ކުންފުނިން ދޭ ކުރެހުމާ އެއްގޮތަށް އޮފީސް އަދި އެކޮމޮޑޭޝަން އިމާރާތެއް އެޅުމަށް ބޭނުންވާ ކަމަށެވެ. މިފަދަ 2 އިއުލާނެއް ގެޒެޓުގައި ވެއެވެ. ނަމަވެސް އެއީ ތަފާތު ދެ މަސައްކަތެކެވެ.

ފުރަތަމަ އިއުލާނުގައި ވަނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ގ.ދ.ތިނަދޫ ގޭސްޕްލާންޓް ހުންނަ ސަރަހައްދަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ހުޅުވާލާ ކަމަށެވެ.

މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ, 11 މެއި ވާ އަންގާރަ ދުވަހުގެ 11:00 ގައި މާލޭގައި ހުންނަ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގައެވެ.

އަދި ދެވަނަ އިއުލާނުގައި ވަނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:45 އަށް ގ.ދ.ތިނަދޫ ގޭސްޕްލާންޓް ހުންނަ ސަރަހައްދަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ހުޅުވާލާ ކަމަށެވެ.

މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ, 11 މެއި ވާ އަންގާރަ ދުވަހުގެ 11:45 ގައި މާލޭގައި ހުންނަ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގައެވެ.

އެ އިއުލާނުގައިވާ ގޮތުން އަގު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ އެ މަސައްކަތުގެ ދާއިރާގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ. އަދި މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް އަށް ލިބިގެންވާ ކަމަށާއި މި ދެ ބިޑްގެ މަސައްކަތް އެއް ފަރާތަކާ ހަވާލު ނުކުރެވޭނެ ކަމަށާއި އެއް ޓެންޑަރ ގައި ބައިވެރިވާ ފަރާތަކަށް އަނެއް ޓެންޑާގައި ބައިވެރި ނުވެވޭނެ ކަަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ