ގދ. ގަން ގައްދޫ ކައުންސިލާ ހަވާލުކޮށްދެއްވާ – ފައިހަތު

ގދ. ގަން، ގައްދޫ ކައުންސިލާ ހަވާލުކޮށްދެއްވުމަށް ގދ. އަތޮޅުގެ އިންތިޚާބީ ރައީސް ހަސަން ފައިހަތު ޤުދުރަތުالله އެދިއްޖެ އެވެ.

ފައިޙަތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގދ. ގަން, ގައްދޫ ކައުންސިލާ ހަވާލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވައުދުފުޅެއް ކަމަށާއި އެ ވައުދުފުޅާ އެއްގޮތަށް ގަން ގައްދޫ ކައުންސިލާ ހަވާލު ކޮށްދޭން އެދޭކަމަށެވެ. އަދި މީގެއިތުރުން ގަމުން ލިބޭ އާމްދަނީ ލިބެންވާނީ ގދ. ގައްދޫ ކައުންސިލަށްކަމަށްވެސް ފައިޙަތު ފާހަގަކޮށްފައި ވެއެވެ.

ފައިޙަތު މިކަން ފާހަގަކޮށް ޓްވީޓް ކުރައްވާފައި މިވަނީ ސަރުކާރުން ދަނޑުވެރިކަމުގެ މަސައްކަތަށް ހާއްސަކޮށް އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް ގދ. ގަން ދިނުމާ ގުޅިގެންނެވެ.

ގަމަކީ މާޒީގައި ގައްދޫގެ ރައްޔިތުންނަށް އެތައް ގިނަގުން ނަފާ އާއި މަންފާ ލިބިފައިވާ ރަށެއް ކަމަށްވާތީ އަލުން އަނބުރާ ގަމުން ގައްދޫގެ ރައްޔިތުންނަށް މަންފާވާނެ ގޮތް ހެދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްދޭނެ ކަމަށް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ގައްދޫގަ ވާހަކަދައްކަމުން ފައިހަތް ވިދާޅުވެފައިވެއެވެ.

ގދ. ގައްދޫ ކައިރީގައި އޮއްނަ ގދ. ގަމަކީ ގައްދޫ ރައްޔިތުން އެކި ބޭނުންތަކަށް ބޭނުންކުރަމުން އައްނަ ރަށަކަށް ވާތީ އެ ރަށް ގައްދޫގެ ރައްޔިތުންނަށް ދެއްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ކެމްޕެއިންގައި ވަނީ ވައުދުވެވަޑައިގެންފައެވެ.

ގދ. ގައްދޫ ކައުންސިލުންވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގައިވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ބައްދަލުކޮށްގަން އެ ރަށް ގައްދޫ ކައުންސިލާ ހަވާލުކޮށްދެއްވުމަށް އެދި ދަންނަވާފައެވެ.

ގަމަކީ ގައްދޫގެ ގިނަ ބަޔަކު ދަނޑުވެރިކަމުގެ އިތުރަށް ސިނާއީ މަސައްކަތަށްވެސް ބޭނުންކުރަމުން އައްނަ ރަށެއްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް