logoEN
cocacola
ގްލޯބަލް ޔޫތު ސަމިޓް 2021 ނިންމާލައިފި

ގްލޯބަލް ޔޫތު ސަމިޓް 2021 ނިންމާލައިފި

އަހުމަދު ޝުރާއު

logo

4/26/2021, 12:00:50 PM

175974564_1756866484484722_8398711157620059946_n

ކޮވިޑް-19 ޕެންޑެމިކާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން "ބިގް ސިކްސް ޔޫތު އޮގަނައިޒޭޝަން"ތަކާ ގުޅިގެން ޒުވާނުން ކުރިއަރުވަން، ގްލޯބަލް ޔޫތު މޮބަލައިޒޭޝަންގެ ނަމުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ބޭއްވި ގްލޯބަލް ޔޫތް ސަމިޓް 2021 ނިންމާލައިފި އެވެ.

ގޮސިޔާ

މި މަހުގެ 23 އިން 25އަށް ވާޗުއަލްކޮށް ބޭއްވި އެ ސަމިޓުގައި އެކި ގައުމުތަކުން އެތައް ހާސް ޒުވާން ލީޑަރުން ބައިވެރިވި އެވެ. އަދި އދ.ގެ އެކި އެޖެންސީތަކާއި، ސަރުކާރުތަކުންވެސް ބައިވެރިވި އެވެ. މި ސަމިޓްގައި އަލިއަޅުވާލައިފައިވަނީ ކޮވިޑް-19 ޕެންޑެމިކުން އަރައިގަތުމަށް ޒުވާނުންނަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.

މިސަމިޓުގައި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ ތިން މެމްބަަރަކު ރާއްޖެ ތަމްސީލު ކުރި އެވެ. އެއީ ރަޒާން މުހައްމަދު ރަޝީދު، 28، އާއިޝަތު އަމާނީ، 18، އަދި ހަދީޖާ ނައިހާ މުހައްމަދު، 20، އެވެ. އެ ތިން ޒުވާނުންނަކީވެސް ރާއްޖޭގައި ކޮވިޑް ޕެންޑެމިކްއާ ދެކޮޅަށް ވޮލެންޓިއާ މަސައްކަތް ކުރި ޒުވާނުންނެވެ.

ގްލޯބަލް ޔޫތު ސަމިޓުގެ "ޕްލެޖިން އަވާ ސަޕޯޓް"ބައިގައި ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. މިނިސްޓަރު މަހުލޫފު ވަނީ ސަރުކާރުން ޒުވާނުން ކުރިއެރުވުމަށާއި، ކޮވިޑް-19 ޕެންޑެމިކުގެ ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުންނަށް ޓަކައި ކުރާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި އޭނާ ވަނީ ކޮވިޑްއާ ހެދި ދިމާވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ޒުވާނުންނަށް އަރުއްވާފަ އެވެ.

ކޮންމެ އަހަރެއްގެ ސަމިޓުވެސް ހާއްސަކުރަނީ އެ ދުވަސްވަރަކާ ގުޅޭ މައުޟޫއަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ