އުތުރުތިލަފަޅަށް އަރައި ފޭބުމަށް ބޭނުން ވަނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަ!

މާލެ އަތޮޅު އުތުރުތިލަފަޅަށް އަރައި ފާބަން އިންޑިއާގެ އަސްކަރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދިވެހިރާއްޖޭގެ ދިފާއީ ބާރުން ދޮގުކޮށްފިއެވެ.

ކުރީގެ ކާނަލް އަހްމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ޓީވީ ޕްރޮގްރާމެއްގައި މިފަދަ މޭރުމަކުން ވާހަކަދެއްކެވުމާއި ގުޅިގެން އެވާހަކަށް ދޮގުކޮށް  ރާއްޖޭގޭ ދިފާއީ ބާރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެމްއެންޑީއެފް ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަކީ އެމްއެންޑީއެފްގެ މުވައްޒަފުން ތިބޭ ތަނެއް ކަމަށާއި އަދި އުތުރުތިލަފަޅަށް އަރައި ފޭބުމަށް ބޭނުން ވަނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަކަމަށެވެ.  އަދި ހަމައެހެންމެ ހދ. ހަނިމާދޫ އެއަރޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަޙައްދަށް އަރައި ފޭބުމަށް ބޭނުންވަނީ އެމްއެންޑީއެފްގެ ހުއްދަ ކަމުގައި ކަމަށްވެސް ވަނީ ބުނެފައި އެވެ.

މީގެ އިތުރުން ޕާޕާއަކީ ތަފާތު ގިނަ އަޚްލާޤީ މައްސަލަތަަކަކާ ގުޅިގެން ސުލޫކީ މައްސަލަތަކެއްގައި ޑިސެމްބަރު 17، 2016 ގައި ސިފައިންގެ ކާނަލެއްގެ މަޤާމުން ކެޕްޓަނެއްގެ މަޤާމަށް ޑިމޯޓްކޮށްފައިވާ ފަރާތެއް ކަމާއި އަދި ޖޫން 19، 2016 ގައި ކެޕްޓަނެއްގެ މަޤާމުން ލެފްޓިނަންޓެއްގެ މަޤާމަށް ޑިމޯޓްކޮށް، "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން ފަޔާޒު ވަނީ ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅާއި ހަނިމާދޫ އެއާޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަހައްދަށް އަރައި ފޭބުމަށް އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ފައްޔާޒު ހައްޔަރުކުރީ ބަޑި ގުދަނުގެ އިސްވެރިއަކަށް ހުންނަވަނިކޮށެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާވެސް އުފުލިއެވެ. އަދި ދެ ކުށެއް ސާބިތުވިއެވެ. ޕާޕާގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވިިއިރު އެ މައްސަލާގައި އޭނާއަށް އިއްވީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ. "ފިނިފެންމާ" ގައި ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮައްވާލި މައްސަލާގައި ގާނޫނީ ޒިންމާ އަދާކުރަން ހުރި މުވައްޒަފަަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެ ޕާޕާގެ މައްޗަށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް