ގާފު ރެސިޕީ: ސްޓްރޯބެރީ އައިސްކްރީމް ޗީޒް ކޭކު

ގާފު ރެސިޕީގެ މިއަދުގެ ރެސިޕީއެއްގެ ގޮތުގައި މިގެނެސްދެނީ ސްޓްރޯބެރީ އައިސްކްރީމް ޗީޒް ކޭކު އެވެ. ޗީޒް ކޭކަކީ ރާއްޖޭގައި ވަރަށް މަޤުބޫލު ކޭކެވެ.

ބޭނުންވާނެ ތަކެތި:

 • 250ގ ކްރީމް ޗީޒް
 • 1 ސްކޫޕް ސްޓްރޯބެރީ އައިސްކްރީމް
 • 1 ޖޯޑު ގްރަހަމް ކްރެކާޒް ހިމުންކޮށްފައި (ބޭނުންނަމަ މާރީ ބިސްކޯދު ވެސް ބޭނުންކޮށްލެވިދާނެ)
 • 1 ޖޯޑު ސްޓްރޯބެރީ ކުދިކޮށް ކޮށާފައި

ތައްޔާރުކުރާނެ ގޮތް:

 1. ބޯތައްޓެއްގައި ކްރީމް ޗީޒްކޮޅު މިކްސަރަކުން ރަނގަޅަށް އޮމާންވަންދެން ބްލެންޑްކޮށްލާށެވެ.
 2. ދެން އައިސްކްރީމް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
 3. އެއަށްފަހު ހިމުންކޮށްފައި ހުރި ގްރަހަމް ކްރެކާޒް އަދި ސްޓްރޯބެރީ އަޅައި މިކްސްކޮށްލާށެވެ.
 4. ދެން ޓްރޭއެއްގައި މިބައި ފަތުރާލުމަށްފަހު އައިސް އަލަމާރީގައި ބަހައްޓާށެވެ.
 5. ހަ ގަޑިއިރުފަހުން ޓްރޭ އައިސް އަލަމާރިން ނަގާލާށެވެ.
 6. މީރުކޮށްލަން ގްރަހަމް ކްރެކާޒް ކޮޅެއް ކޭކް މައްޗަށް ބުރުވާލާށެވެ.
ކޮމެންޓް

One Response

 1. ދެފަހަރށް އައިސްކްރީމް އަޅަނީ؟؟؟ ހާދަ ކުށްގިނައޭ ގާފުގެ ލިޔުންތަކުގަ. ޑރެކްޓަރ ޖެނެރެލް އެއްކަމަކު ޕްރޫފް ރީޑްކުރއވިދާނެ ދޯ!!!

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް