އަންނަ ހަފްތާއިން ފެށިގެން ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ކަރަންޓީނުވުމަކާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ހާލަތްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އާންމުކޮށްފި އެވެ.

މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ އަކު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް އޭޕްރިލް 20 ވަނަ ދުވަހުން ފެށިގެން ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ރަށުގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް19 ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ.

އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ އެވެ. އެފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި އަމަލު ކުރާނެ ގޮތްތައް ވެސް އެޗްޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ. ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށް އިއުލާނުގައި ބުނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް