ރެސިޕީ – އޯރިއޯ ކޭކް

ގާފު ރެސިޕީގެ މިއަދުގެ ރެސިޕީއެއްގެ ގޮތުގައި މިގެނެސްދެނީ އޯރިއޯ ކޭކު އެވެ. މި ކޭކަކީ ރާއްޖޭގައި ވަރަށް މަޤުބޫލު ކޭކެވެ.

ބޭނުންވާނެ ތަކެތި:

  • 500 ގްރާމް އޯރިއޯ ބިސްކޯދު
  • 1/2 ޖޯޑު ބަޓަރ
  • 1 ޖޯޑު ވިޕިން ކްރީމް
  • 250 ގްރާމް ޗީޒް
  • 2 ޖޯޑު ކިރު
  • 1 ޖޯޑު ހަކުރު
  • 1 ޕެކެޓު ވެނީލާ ޕުޑިން މިކްސް

ތައްޔާރުކުރާނެ ގޮތް:

  1. ބިސްކޯދުތައް ފުނޑުކުރާށެވެ. އަދި އެއް ޖޯޑު ފުނޑުކުރި އޯރިއޯ ފަހުން ބޭނުންކުރުމަށް ބަހައްޓާށެވެ.
  2. ބަޓަރުތައް ވިރުވުމަށްފަހު އޭގެ ތެރެއަށް ބާކީހުރި އޯރިއޯ އެއްކޮށްލުމަށްފަހު ޓްރޭގެ ފޫ  އެއްކޮށް ފޮރުވޭގޮތަށް ލޭޔަރތަކަށް އަތުރާށެވެ. އެއަށްފަހު ފަސް މިނެޓް ވަންދެން ފްރިޖަށްލައި ފިނިކޮށްލާށެވެ.
  3. 1/2 ޖޯޑު ވިޕްޑް ކްރީމާއި ޗީޒް  އަދި ހަކުރު އެއްކުރުމަށްފަހު އޯރިއޯ ލޭޔަރުގެ މަތީގައި ހާކާށެވެ. ދެން އަނެއްކާވެސް ފްރިޖަށް ލާފައި ބަހައްޓާށެވެ.
  4. ޕުޑިން މިކްސް ޕެކެޓުގައި އިރުޝާދު ދީފައިވާ ގޮތަށް ކިރު އަޅައިގެން ޕުޑިން މިކްސް ތައްޔާރުކުރާށެވެ. އެއަށްފަހު ފްރިޖަށްލި ކޭކް ނަގައި އޭގެ މައްޗަށް އަޅައި އެއްވަރަށް ފަތުރާލާށެވެ.
  5. ދެން އޭގެ މަތީގައި ވިޕްޑް ކްރީމް ހާކައި މައްޗަށް އޯރިއޯކޮޅެއް އަޅާލާށެވެ. ކޭކް ކެއުމުގެކުރިން ފިނިކޮށްލާށެވެ.
ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް