ޖަސްޓިން ބީބާގެ ކައިވެނީގެ ތަޖުރިބާ މިއޮތީ!

ޖަސްޓިން ބީބާގެ ފޭނުންނަށް މިއިއީ ވަރަށް މުޙިއްމު ޙަބަރަކަށް ވެދާނެ އެވެ. އޭނާ ކައިވެނި ކުރިކަން ނޭނގޭ  އޭނާގެ ފޭނެއް ނުހުންނާނެ ކަމުން, އޭނާ ހިއްސާކޮށްފައިވާ ކައިވެނީގެ ތަޖުރިބާ ހިއްސާކޮށްލާނަމެވެ.

ބީބާ ހިއްސާކޮށްފައިވަނީ ކައިވެންޏަށް އެއް އަހަރު ފުރިފައިވާތީ, އެ އަހަރުގެ ތަޖުރިބާ އެވެ. އޭނާ ކައިވެނިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކެރޮލީނާގައެވެ. އޭނާގެ އަންބަކީ ހެއިލީ އެވެ. ހެއިލީއަކީ ކުރިން ބެލޭ ޑާންސް ކުރި, މިހާރުގެ މީޑިއާ ޕާސޮނަލިޓީއެއް އަދި މޮޑެލެކެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖަސްޓިން ބީބާ ހާމަކުރި ގޮތުގައި ކައިވެނީގެ ފުރަތަމަ އަހަރު ވެގެންދިޔައީ "އުނދަގޫ" އަހަރަކަށެވެ. އަދި ފުރަތަމަ ޖެހެން ފެށި މައްސަލަތައް ފެށުނީ އެކަކު އަނެކަކަށް އިތުބާރު ނުކުރެވޭތީ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

އެ އިންޓަވިއުގައި އޭނާ ބުނީ, ކައިވެނި ކުރުމަކީ އަބަދުވެސް އޭނާ ކުރާ ހިތްވި ކަމެއް ކަމަށެވެ.

"އަހަންނަށް ހީވީ ހަމަ އެއީ އަހަންނަށް އެންމެ ރަނގަޅު ގޮތް ހެން. މީހަކާ ކައިވެނިކޮށް ދަރިން ހޯދަންވެގެން އަވަހަށް ކައިވެނި ކުރާ ހިތްވީ" ބީބާ ބުނެފައިވެއެވެ.

މިހެން ބުނުމާއެކު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ބީބާ ބުނީ, މިހާރުން މިހާރަށް ދަރިއަކުު ހޯދަން ބޭނުން ނުވާ ކަމަށާއި ނަމަވެސް ދަރިން ހޯދަން ބޭނުންވާ ކަމަށެވެ.

ފުރަތަމަ އަހަރުގެ ތެރޭ އެކަކު އަނެކަކު ރަނގަޅަށް ދަސްވެ "ބިސްތޮށިން" އެތެރެއަށް ވަދެވި, ދެމަފިރިންގެ މެދުގައި އިތުބާރު ބަދަހިކުރެވި, ގުޅުން ރަނގަޅު ކަމަށް ބީބާ ވަނީ ބުނެފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް