ސާރިދޯޅައިގެ އައު ވައްތަރެއް ދުނިޔެއަށް އަތުވެދާނެ!

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ދިރުންތައް ނެތި ދިއުމުގެ ބިރު އަބަދުވެސް އޮވެއެވެ. އެގޮތުން މިއީ ފިނި ސަރަހައްދުތަކުގައި ދިރިއުޅޭ "ޕޮލާ ބެއަރ" އާ ގުޅޭ ވާހަކަ އެކެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޕޯލަރ ބެއާގެ ނަސްލު ދުނިޔެއިން ނެތި ދިއުމުގެ ބިރު އޮތީ އުފެދިފައެވެ. ނަމަވެސް އިލާހީ ގުދުރަތާއެކު, ޕޯލާ ބެއާތައް މިހާރު އެ ނަސްލުގެ އެހެން ވައްތަރު ސާރިދޯޅައާ އެކު ޖޯޑުވާން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ދެ ވައްތަރުގެ ސާރިދޯޅަ ޖޮޑުވެގެން ލިބޭ ސާރިދޯޅައަކީ ހައިބްރިޑް ހައިވާނެކެވެ. އެ ދިރުމަށް އައު ނަމަވެސް ވަނީ ދީފައެވެ. "ޕިޒްލީ ބެއާ" އެވެ. މި ވައްތަރުގެ ސާރުދޯޅަތައް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުވަތަ ދުނިޔެ ހޫނުވިޔަސް ނެތި ދިއުމުގެ ބިރު ކުޑަވާނެ އެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް