ގާފު ރެސިޕީ: މޮންގޯލިއަން ބީފް ފްރައިޑް ރައިސް

Second

ގާފު ރެސިޕީގެ މިއަދުގެ ރެސިޕީއެއްގެ ގޮތުގައި މިގެނެސްދެނީ މޮންގޯލިއަން ބީފް ފްރައިޑް ރައިސް އެވެ. މި ފްރައިޑް ރައިސް އަކީ ރާއްޖެއިން ފަސޭހައިން ލެބެން ހުންނަ އެއްޗެހިން ތައްޔާރުކޮށްލެވީ މީރު ރައިސް އެކެވެ.

ބޭނުންވާނެ ތަކެތި:

  • 1 ސައިސަމްސާ ކުކިން އޮއިލް
  • 3 ބިސް (ގިރާފައި)
  • 3 ޖޯޑު ބަތް (ކައްކާފައި)
  • 1 ޖޯޑު ގެރިމަސް (ފެނުކައްކާފައި ނުވަތަ ރޯސްޓްކޮށްފައި އަދި ގޮޅި ގޮޅިއަށް ކޮށާފައި)
  • 3/1 ޖޯޑު ފިޔާ (ހިމުންކޮށް ކޮށާފައި)
  • 1 ސައި ސަމުސާ ސޯޔާ ސޯސް
  • 1 ސައި ސަމުސާ އޮއިސްޓަރ ސޯސް
  • 1 ސައި ސަމްސާ މުގުރި ދިރި
  • 2/1 ސައިސަމްސާ ތެޅިމިރުސް
  • ލޮނު ކޮޅެއް

ތައްޔާރުކުރާނެ ގޮތް:

  1. ތަވައެއް އުދުންމަށްޗަށް އުދާފައި ކުޑަތެޔޮކޮޅެއް އެޅުމަށް ފަހު ގިރާފައި ހުރި ބިސް އަޅާލާފައި ތިރީފުށް ކިރިޔާ ފިހެވޭވަރަށް 30 ސިކުންތު ވަންދެން ފިހެލާށެވެ.
  2. ބިސްގަނޑުގެ ތިރީފުށް ފިހެވުމުން ކައްކާފައި ހުރި ބަތްކޮޅު އަޅާލުމަށް ފަހު 3 މިނެޓް ވަންދެން ކައްކާލާށެވެ. ތަވާ މާބޮޑަށް ހުނުވެ ދުންއަރާނަމަ މަޑުގިނި އަށް އުދުން ބަދަލުކޮށްލާށެވެ.
  3. ދެން ގެރިމަސްކޮޅާއި އޮއިސްޓަރ ސޯސް އާއި ސޯޔާ ސޯސް ކޮޅު އަޅާލުމަށް ފަހު އެއްކޮށްލާށެވެ. ދެން ދިރިކޮޅާއި ތެޅިމިރުސްކޮޅާއި ލޮނުކޮޅު އެޅުމަށް ފަހު އެއްކޮށްލައްވާށެވެ.
  4. ރަނގަޅަށްއެއްވުމުން ފިޔާކޮޅު އަޅާލާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއްކޮށް ނިމުމުން އުދުން ނިއްވާލުމަށް ފަހު 2 މިނެޓް ވަރު ނުހަލާ ބަހައްޓާށެވެ.
  5. މިވައްތަރުގެ މޮންގޯލިއަން ބީފް ފްރައިޑް ރައީސް ބޮޑަށް މީރުވާނީ ކުޑަކޮށް ހޫނުކޮށް ހުންނަ އިރުއެވެ.
ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް