ޤާސިމްގެ "ބޮޑު މަންމަ" ނިޔާވެއްޖެ

ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު, ޤާސިމް އިބްރާހިމް ގެ "ބޮޑު މަންމަ" ނިޔާވެއްޖެ އެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޮޑު މަންމަ ވިދާޅުވާ ރުގިއްޔާ އަލީ ނިޔާވީ ރޭގެ ވަގުތެއްގައެވެ. ރުގިއްޔާ އަކީ ގާސިމްގެ ދެ ބެއިންގެ ދެދަރި ބޭފުޅެކެވެ. ގާސިމް އުފަންވެ ވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުން ގާސިމްގެ މަންމަ ނިޔާވުމުން ގާސިމް ބަލައި ބޮޑުކުރެއްވީ ރުގިއްޔާއެވެ.

މާމިގިއްޔަށް އުފަން ރުގިއްޔާ ނިޔާވެފައި ވަނީ އުމުރުން 93 އަހަރުގައެވެ. ކުޑަ އިރުން ފެށިގެން ޤާސިމް އޭނާ އަށް މުހާތަބުކުރަނީ "ބޮޑު މަންމަ"ގެ ނަމުންނެވެ. ޤާސިމްގެ ބޮޑު މަންމަ ނިޔާވުމުން އޭނާގެ ގާތް މީހުންނާއި އާއްމުން ދަނީ ތައުޒިޔާ ކިޔަމުންނެވެ.

ރުގިއްޔާ ނިޔާވެފައި ވަނީ އާލާސްވެ އުޅުއްވާތީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ރުގިއްޔާގެ ކަށުނަމާދު ކޮށްފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް