ގާފު ރެސިޕީ: މައިލޯ ކޭކު

ގާފު ރެސިޕީގެ ފުރަތަމަ ރެސިޕީއެއް ގޮތުގައި ގެނެސްމިދެނީ މައިލޯ ކޭކު އެވެ. މައިލޯ ކޭކަކީ ފަސޭހައިން ރާއްޖެއިން ލިބެން ހުންނަ ތަކެތިން ތައްރާރުކުރެވޭ ފޮނި ކެއުމެކެވެ.

ބޭނުންވާ ތަކެތި:

 • 125ގ ބަޓާރ
 • 50ގ ހަކުރު
 • 195ގ ފުއް
 • 2/1 2 ސައިސަމުސާ ބޭކިންގ ޕައުޑަރ
 • 150ގ މައިލޯ ނުވަތަ 1 4/1 ޖޯޑު މައިލޯ
 • 1-2 ސައިސަމުސާ ކޮކޯ ޕައުޑާރ
 • 3 ބިސް
 • 120މލ މިލްކް

ތައްޔާރުކުރާނެ ގޮތް:

 1. މިކްސްޗަރުގައި ބަޓާރުކޮޅާއި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ.
 2. ފަހަރަކު ބިހެއް އަޅާ އެއްކޮށްލާށެވެ.
 3. ދެން ފުއް، ބޭކިންގ ޕައުޑާރ އަދި މައިލޯ ކޮޅު މަދު މަދުން އަޅަމުން ސްޕީޑް މަޑުކޮށް މިސްޗަރުން ގިރާ ރަނގަޅަށް އެއްކޮށްލުމަށްފަހު މިލްކް އަޅާ ގިރާލާށެވެ.
 4. އެއަށްފަހު އަވަނަށްލާ 40-45 މިނެޓްވަންދެން ފިހެލާށެވެ. ފިހެވުމުން އަވަނުން ނަގާ 10 ވަރަކަށް މިނެޓް ވަންދެން ހިހޫ ކޮށްލަން ބެހެއްޓުމަށްފަހު ފުރިޖަށްލާ ފިނިކޮށްލުމުން މި ހުރީ މައިލޯ ކޭކް ތައްޔާރުވެފައެވެ.
ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް