އައްޔުގެ ފަރާތުން އޯޓިޒަމް ދުވަހުގެ ޚާއްސަ ހަދިޔާއެއް!

ކޮންމެ އަަހަރެއްގެ ވެސް އޭޕްރިލް މަހުގެ 2 ވަނަ ދުވަސް ފާހަގަކުރަނީ އޯޓިޒަމް އަށް ހޭލުންތެރިކުރުމުގެ ދުވަހުގެ ގޮތުގަ އެވެ. މިއަދަކީ މިއަހަރުގެ އޯޓިޒަމް އަށް ހޭލުންތެރިކުރުމުގެ ދުވަހެވެ.

މިދުވަހާއި ގުޅުވައިގެން ރާއްޖޭގައި ފިޔަ ޖަހަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ އަލީ އިނާން ސައީދު (އައްޔު) މިވަނީ ޚާއްސަ ކަވާރ ލަވައެއް ބެލުންތެރިންނާ އަޑުއެހުންތެރިންނަށް ދޫކޮށްލާފައި އެވެ. ރާއްޖޭގައި އުފެެއްދި އެންމެ މޮޅު އެއް ފިލްމު ކަމުގައިވާ " ޔޫސުފް " އިން މަޝްހޫރުވެގެންދިޔަ " ބީވެދާނެބާ " ލަވައިގެ ކަވާރއަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން މިވަނީ ހުއްޓިފައި އެވެ.

https://www.facebook.com/ayyu.aliinaansaeedh/videos/915419832604371 

މި ލަވައިގެ ލީޑް ވޯކަލް އާޓިސްޓަކީ އައްޔުއެވެ. އަދި ބެކިންގ ވޯކަލް އާޓިސްޓުންނަކީ އަހުމަދު ޝާދިން ، ޝާމް އަހުމަދު ، އަހުމަދު އާސިފް ، އިސްމާއިލް ހައިޝަމް މުހައްމަދު ، އިބްރާހިމް ނަޒީފް އަދި މިފްޒާލް އަހުމަދު އެވެ. މި ލަވަ ޕްރޮޑިއުސްކޮށްފައިވަނީ އެސެސްކޯ މިއުޒިކް އިންނެވެ. އަދި މިލަވައިގެ ވީޑިއޯ ޕްރޮޑަކްޝަން ހަދާދީފައިވަނީ ރިވަރީ މީޑިއާއިންނެވެ.

މި ލަވަ ޚާއްސަކޮށްފައިވަނީ މިއަދު އެކުދިންނަށްޓަކާއި ޚާއްސަވާ ކުދިންގެ ހިތްވަރުގަދަ މަންމަމެންނާއި ބައްޕަމެންނަށް ކަމަށް އައްޔު ބުނެއެވެ.

މޯލްޑިވިއަން އައިޑޮލްގެ ތެރެއިން އާންމުންނަށް ފުރަތަމަ ފެނިގެންދިޔަ އައްޔު ވަނީ މީގެ ކުރިންވެސް އާންމުންގެ މެދުގައި މަގުބޫލުވި ކަވަރ ލަވަތަކެއް ނެރެފައެވެ.

މިއަދު މިފާހަގަކުރާ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، އޯޓިޒަމާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. އެ ބަލި ހުންނަ ކުދިންނާއި މެދު މުޖްތަމައުގައި ދެކޭގޮތް ބަދަލުކުރުމާއި އެކުދިންނަށް ހުރި ގޮންޖެހުންތައް ނައްތާލުމެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް