logoEN
cocacola
ކައުންސިލް އިންތިހާބު މާޗު 06 ގައި ބާއްވަން ތައްޔާރުވަނީ

ކައުންސިލް އިންތިހާބު މާޗު 06 ގައި ބާއްވަން ތައްޔާރުވަނީ

އަހުމަދު ޝުރާއު

logo

11/17/2020, 11:13:48 PM

930E2723-1CF0-4D11-A450-56F177777D98

މިއަހަރު ބާއްވަން ކުރިން ތާވަލް ކުރި ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމަށް ދެއްވި އިންޓަވިއު އެއްގައައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކޮވިޑާއި ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް އީސީއިން އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާން ކުރުމުން ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުގެ ކަންތަކަކީ ކުއްލިއަކަށް ބޭއްވޭނެ ކަންކަމެއް ނޫން ކަމަށާއި، އެހެން ކަމުން މިހާރު އީސީއިން އަންނަނީ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ. އެކަމަކު މި ތާރީހަކީ ބަދަލުވުން އެކަށީގެންވާ ތާރީހެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުވަނީ ދައްމާލާފައެވެ. ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން 40 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ