logoEN
ޕީއެންސީ 2
އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

EFF2C692-240B-4660-98E4-03E21E263A71

އެސްޓީއޯ އިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.

ޝަރީ 2024

އެސްޓީއޯ އިން ބުނީ ތެލުގެ އަގު ބޮޑު ކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ކަމަށެވެ.

އެކުންފުނިން މައުލޫމާތު ދޭ ގޮތުގައި މާޗް 16 ވަނަ ދުވަހުން ފެށިގެން ޕެޓްރޯލް ލީޓަރެއް 8.85 ރުފިޔާއަށް އަދި ޑީސެލް ލީޓަރެއް 9.79 ރުފިޔާއަށް ވިއްކަން ނިންމާފައެވެ.

މިފަހަރު ބޮޑު ކޮށްފައިވަނީ ޕެޓްރޯލް ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު ދައްވި ނަމަވެސް މިހާރު އަންނަނީ ތެލުގެ އަގު އުފުލެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ