އޭއެފްސީ ކަޕުގެ ޑިފެންޑަރުން ޗެލެންޖުގައި ކެޕްޓަން އަކޫ

ޢޭއެފްސީ ކަޕްގައި އެންމެ މޮޅު ޑްރީމް ޓީމް ހޮވުމުގެ ގޮތުން ހުޅުވާލި ވޯޓިން ޕޯލްގައި  ޑިފެންޑަރުންގެ ލިސްޓުގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ހިމެނިއްޖެ އެވެ.

އޭއެފްސީ ކަޕުގެ ތާރީހުގައި އެންމެ މޮޅު ޑިފެންޑަރުން ހޮވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީގެ ވެބްސައިޓުގައިއެވެ ކެޕްޓަން އަކޫ އަކީ މި ޝޯޓްލިސްޓުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިޔާ އެވެ. އޭއެފްސީން ވަނީ 12 ޑިފެންޑަރުން މި ޕޯލްގައި ޝޯޓްލިސްޓުކޮށްފައިވާއިރު  އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް އަކޫ އަށް ވޯޓު ދެވޭނެ އެވެ.

އަކްރަމް އެންމެ ފުރަތަމަ އޭއެފްސީ ކަޕަކުން ފެނިފައިވަނީ އުމުރުން އެންމެ 17 އަހަރުގައެވެ. އޭގެފަހުން ދިހަ ފަހަރަށް އޭއެފްސީ ކަޕުގައި އަކްރަމް ކުޅެފައިވަނީ ފަސް ކުލަބާއެކު އެވެ. މީގެތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބްކަމަށްވާ ނިއުރޭޑިއަންޓާއެކު ދެ ފަހަރެއްގެ މަތިން ވާދަކުރިކަން އޭއެފްސީން ވަނީ ފާހަގަކޮށްފައެވެ.  އޭއެފްސީ ކަޕުގައި  އަކްރަމް ވަނީ ޖުމްލަ 25 މެޗު ކުޅެފައެވެ.

މިދިޔަ އަހަރު އޭއެފްސީން ކުރިއަށް ގެންދިޔަ އޮންލައިން ޕޯލްތަކުގައި ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ބޮޑު ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެ ގޮތުން އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލުގެ މަގާމާއި އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖް ކާމިޔާބުކުރީ އަލީ އަޝްފާގް ދަގަނޑޭ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް