logoEN
cocacola
ވެކްސިންގެ ދެޑޯޒަށް ފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެ

ވެކްސިންގެ ދެޑޯޒަށް ފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެ

އަހުމަދު ޝުރާއު

logo

3/7/2021, 2:25:13 PM

big_8Mua7HDiu05WvNbl94eo44lk4

ވެކްސިންގެ ދެ ޑޯޒު ފުރުހަމަކުރުމަށްފަހު ރަށްރަށުގައި ގޮސް ކަރަންޓީންވާކަށް ނުޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ދައުލަތުގެ މީޑިއާގެ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވިގޮތުގައި ވެކްސިން ނުޖަހާ ނަމަ، ދުވަސްކޮޅަކުން ދަތުރުކުރުން ފަދަ ކަންކަމުގައި އުނދަގޫތަކެއް މެދުވެރިވުން ގާތް ކަމަށެވެ. ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި ކަމުގެ ޔަގީންކަމަށް ކުރިއަތް އޮތް ތަނުގައި ގައުމުތަކުން އެދޭނެތީވެ ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ދޫކުރުން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

"ވެކްސިން ޕާސްޕޯޓެއް ހެދުމަށް މިހާރު ބަލަމުން މިގެންދަނީ. ވެކްސިން ޕާސްޕޯޓު އޮންނަ ނަމަ، ރާއްޖެއިން ބޭރަށް ދަތުރު ކުރުމާ، ރާއްޖޭގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގަައި ދަތިތަކެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ ވެކްސިން ގްރީން ކާޑު ތައާރަފްކޮށްފަ އެވެ.

ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތީވިއްޔާ، ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ ކަމަށް ނަސީމު ވިދާޅުވިއެެވެ. އަދި ނަސީމު ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް އެދިވަޑައިގެންފައި އެވެ.

އެޗްޕީއޭ އިން މިހާރު ވަނީ އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަން ހުޅުވާލައިފަ އެވެ.

ރާއްޖޭގައި ކޮވިޑް19 އިން ދިފާއުވުމަށް ވެކްސިން ޖަހަން ފެށީ ފެބްރުއަރީ އެއްވަނަ ދުވަހުއެވެ. އިއްޔެ އާއި ހަމައަށް 145،768 މީހުން ކޮވިޑް19ގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. ދެވަނަ ޑޯޒް ޖަހާނިފުރަތަމަ ޑޯޒްގެ އަށް ހަފްތާ ފަހުންނެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިިން އެވެ. އިންޑިއާ އިން ވަނީ އެ ވެކްސިނުގެ ދެލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ސަރުކާރުންވެސް ވަނީ ވެކްސިން ގެނައުމަށް އެސްޓްރަޒެެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލައިފައެވެ. ކޮވެކްސް ފެސިލިޓީގެ ދަށުންވެސް ރާއްޖެއަށް ވެކްސިން ލިބޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ