logoEN
ކޮކާކޯލާ
މުބާރާތެއް ކަވާރ ކުރަމުންދިޔަ ގާފުގެ ނޫސްވެރިޔެއްގެ ގަޔަށް ސަޕޯޓަރަކު ކުޅު ޖަހައިފި

މުބާރާތެއް ކަވާރ ކުރަމުންދިޔަ ގާފުގެ ނޫސްވެރިޔެއްގެ ގަޔަށް ސަޕޯޓަރަކު ކުޅު ޖަހައިފި

FB

ގދ ތިނަދޫގައި މިހާރު ކުރިޔަށްދާ އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް ކަވާރ ކުރަމުން ދިޔަ ގާފުގެ ނޫސްވެރިއެއްގެ ގަޔަށް ސަޕޯޓަރަކު ކުޅު ޖަހައިފި އެވެ.

އަބުޅޯ

މިރޭ އެރަށު އާރު އަވަށު ދަނޑުގައި ކުޅުނު މުބާރާތުގެ 10 ވަނަ މެޗުގެ ތެރެއިން ކުޅުޖަހާފައިވަނީ ގާފުގެ ޗީފް ފޮޓޯގްރާފަރ ޝުއާއު ހަނީފްގެ ބޮލަށެވެ. ޝުއާއު ބުނިގޮތުގައި އޭނާ ގަޔަށް ކުޅު ޖަހާފައިވަނީ އަންހެނެކެވެ. އަދި އެމީހާ ހުރީ ޝުއާއުގެ ފަހަތުގައި ކަމުން އެމީހާގެ މޫނު ނުފެންނަ ކަމަށާއި ފަހަތް އެނބުރި ބަލާލި އިރު ކުޅުޖެހި މީހާކަމަށް ބެލެވޭ މީހާ މޫނުގައި މާސްކު އެޅި ކަމަށެވެ.

"ސީދާ ކާކު ކަމެއް ނޭނގޭ. ކުޅު ޖެހުމުން އެނބުރި ފަހަތް ބަލައިލި ވަގުތު ކުޅު ޖެހި ކަމަށް ބެލެވޭ މީހާ މޫނުގައި މާސްކު އެޅީ. ސަޕޯޓުކުރަން ހުރި މީހެއް އެއީ." ޝުއާއު ބުންޏެވެ.

މި މައްސަލަ ގާފު މީޑިއާ ގްރޫޕުގެ ފަރާތުން މިހާރު ވަނީ މުބާރާތް އިންތިޒާމްކުރާ ހަވަރު ސްޕޯޓްސްގެ ސަމާލުކަމަށް ގެނެސްފައި އެވެ. އަދި ހަވަރު ސްޕޯޯޓްސްއާއި ގުޅިގެން މިމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިމައްސަލައާއި ގުޅިގެން ގާފު މީޑިއާ ގްރޫޕުގެ ފަރާތުން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ. އެގޮތުން މި ހަޑިހުތުރު އަމަލު ކުންފުނީގެ ފަރާތުން ހަރުހަށި އިބާރާތުން ކުށްވެރިކުރާމަށާއި ރާއްޖެ ކޮވިޑް-19 ނުރައްކަލުގެ ތެރޭގައި އޮތް މިދަނޑިވަޅުގައި އާންމު އިޖްތިމާއީ މިންގަނޑާ ޚިލާފު މި މުޑުދާރު އަމަލަކީ އާންމު ސިއްހަތާއި ގުޅުންހުރި މައްސަލަ އަކަށްވުމާއި އެކު މި މައްސަލަ ކަމާގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށް ގާފު މީޑިއާ ގްރޫޕްގެ މެނޭޖްމެންޓުން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެއެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލާދިނުމަށް ކަމާގުޅުންހުރި މުވައްސަސާތަކަށް ވެސް ގާފު މީޑިއާ ގްރޫޕުގެ ފަރާތުން ވަނީ ގޮވާލާފައިއެވެ.

undefined

މިފަދަ ހަޑި މުޑުދާރު އަމަލެއް މި ނޫހުގެ ނޫސްވެރިޔަކަށް އަމާޒުކޮށް ހިންގި ހިންގުން އަދިވެސް އެއްފަހަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. ނޫސްވެރިންނަށް ކުރާ މިފަދަ އަނިޔާތައް އަދިވެސް ހިނގަމުންދާކަން ނުހަނު ހިތާމައާ އެކު ފާހަގަކުރާ ހިނދު މިފަދަ ކަންކަމާ ގުޅިގެން ގާފުގެ އެއްވެސް ނޫސްވެރިއެއްގެ ހިތްވަރަށްވެސް އަދި ކެރުންތެރިކަމަށްވެސް އެއްވެސް ވަރެއްގެ އުނިކަމެއް ނާންނާނެ އެވެ. ގާފު ޓީމުން އަބަދުވެސް ދައްކާނީ ނަމޫނާ ނޫސްވެރިކަމެއްގެ މިސާލެވެ.

މީގެ އިތުރުން ނޫސްވެރިން އެމީހުންގެ ވާޖިބު އަދާކުރަމުން ދާއިރު އެއްވެސް ފަރާތަކުން އެނޫސްވެރިއަކަށް ހުރަސް އެޅުމުގެ ގޮތުން މިޒާތުގެ ކަންކަން ކުރުމަކ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި ކަހަލަ އިޖުތިމާއީ މިންގަނޑުތަކާއި ހިލާފުކަންކަން ނުކުރުމަށް ގާފު މީޑިއާ ގްރޫޕުގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ