logoEN
ޕީއެންސީ 2
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް - ފަރުވާ ކުޑަނުކުރަމާ!

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް - ފަރުވާ ކުޑަނުކުރަމާ!

# ހަކުރުބަލީގެ ދުވަސް

Drinking sweet beverage / Eating sugar excessively causes of diabetes.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 14 ވަނަ ދުވަހަކީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހެވެ. މިދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ހަކުރުބައްޔާއި މެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއެކު، ހަކުރުބަލިން ރައްކާވެރިވެތިބުމަށް އަޅަންޖެހޭ ފިޔަވަޅުތަށް މީހުންނަށް އަންގައިިދިނުމެވެ. މިއަހަރުގެ ހަކުރުބަލީގެ ޝިއާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ "ހަކުުރުބަލިވެސް މުހިއްމު" މިއެވެ.

ޝަރީ 2024

އިންޓަރނޭޝަނަލް ޑައިބަޓެސް ފެޑެރޭޝަންއިން މި ޝިއާރު ކަނޑައެޅުމުގެ އެންމެ މައިގަނޑު ސަބަބަކަށް ވެފައިވަނީ މީހުންގެ މެދުގައި ހަކުރުބައްޔާއިމެދު ހޭލުންތެރިކަން އިތުރުކުރުމާއިއެކު، އެންމެން އެއްއަޑަކުން ހަކުރުބަލީގެ ހޭލުންތެރިކަން އިތުުރުކުރަން މަސައްކަތްކޮށް ކުރިއެރުވުމެވެ. އަދި ހަމައެހެންމެ ސިއްޙީދާއިރާގައި ނަރުހުން މިބައްޔާއި ދެކޮަޅަށް ކުރަމުން ގެންދަވާ މަސައްކަށް ފާހަގަކޮށް، އެމީހުންގެ ދައުރު އަގުވަޒަން ކުރުމެވެ. އެހެނީ ނަރުހުންނަކީ ދުނިޔޭގެ ދެބައިކުޅަ އެއްބައި ސިއްޙީމަސައްކަތުގެ އެންމެ ބޮޑު އަދި އިސް ޒިންމާ އަދާކުރާ ފަރާތް ކަން އިންޓަރނޭޝަނަލް ޑަިއބަޓެސް ފެޑެރޭޝަންއިންވެސް ވަނީ ހާމަކޮށްފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިޔު.އެޗް.އޯ އިން ހާމަކުރާ ގޮތުގައި 2014 އިން ފެށިގެން ދުނިޔޭގައި ހަކުރުބަލި ހުރި މީހުންގެ އަދަދު ވަނީ 108 މިލިއަނުން 422 މިލިއަނަށް އަަރާފައެވެ. އަދި 2016 ވަނަ އަހަރު ގާތްގަޑަކަށް 1.6 މިލިއަން މީހަކުވަނީ މިބަލީގައި މަރުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ