logoEN
cocacola
ޖޫރިމަނާ ފައިސާ 3 އަހަރުން ދައްކަން އަދީބު އެއްބަސްވެއްޖެ

ޖޫރިމަނާ ފައިސާ 3 އަހަރުން ދައްކަން އަދީބު އެއްބަސްވެއްޖެ

އައިޝަތު އިފާޝާ

logo

5/25/2023, 11:34:13 PM

Adeeb

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ތެރެއިން ނުދައްކަވައި އޮތް އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ 3 އަހަރަށް ބަހާލައިގެން ދެއްކެވުމަށް ބަންޑާރަ ނައިބްގެ އޮފީހުން ހުށަހެޅި ހުށަހެޅުއްވުން އަދީބު ޤަބޫލުކުރައްވައިފިއެވެ.

ގޮސިޔާ

އަދީބުގެ މައްޗަށް 2 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އިއްވާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނަތާއި ގުޅިގެންނެވެ.

މި މައްސަލައިގައި ޢަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 5 އޮކްޓޫބަރު 2020 ވަނަ އަހަރުއެވެ. އަދި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެހުކުމުގައިވެއެވެ. މިފައިސާގެ ތެރެއިން އަދީބު ނުދައްކަވައި އޮތް އެއް މިލިއަން ރުފިޔާ ހޯއްދެވުމަށް ބަންޑާރަ ނައިބްގެ އޮފީހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ އޮފީހުން ހުށަހެޅުއްވީ ދެލައްކަ ރުފިޔާ ދެއްކެވުމަށްފަހު 8 ލައްކަ ރުފިޔާ 3 އަހަރަށް ބަހާލައިގެން ދެއްކެވުމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅުއްވި މި ހުށަހެޅުއްވުމަށް އަދީބު އެއްބަސްވެފައިވަނީ މިދިޔަ ބުދަ ދުވަހު ސިލްކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޢަދީބުގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދަޢުވާއާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދަޢުވާއާއި މަނީލޯންޑަރކުރުމުގެ ދެ ދަޢުވާގެ އިތުރުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ހިމެނޭހެން ޖުމްލަ 7 ދަޢުވާއެކެވެ.

މިހުރިހާ ދަޢުވާއަކަށް އަދީބުގެ މައްޗަށްވަނީ 20 އަހަރުގެ ޖަލު ޙުކުމް އިއްވާފައެވެ. އަދީބާ ދެކޮޅަށް ދައުލަތުން އުފުލި 7 ދަޢުވާއާއި ގުޅިގެން ދައުލަތާއި އަދީބާ ދެމެދު އިޢުތިރާފްގެ އެއްބަސްވުމެއް ޤާއިމްކުރުމުން އަދީބު ވަނީ ހުރިހާ ދައުވާތަކަށް ކޯޓުގައި އެއްބަސްވެފައެވެ.

އަދީބު ޖަލަށް ލާން ހުކުމް ކުރިނަމަވެސް، ބަލި ޙާލަތަށް ރިޔާޢަތްކުރައްވާ ގޭބަންދަށް އޭނާ ވަނީ ބަދަލުކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ