logoEN
cocacola
ތިނަދޫ ޔޫތް ފުޓްބޯޅަ ކްލަބްގެ މީޑީއާ ޕާޓްނަރަކަށް ގާފު އޮންލައިން

ތިނަދޫ ޔޫތް ފުޓްބޯޅަ ކްލަބްގެ މީޑީއާ ޕާޓްނަރަކަށް ގާފު އޮންލައިން

ގާފު އެޑިޓޯރިއަލް

logo

2/22/2021, 12:14:25 AM

DSC_3607

ތިނަދޫ ޔޫތް ފުޓްބޯޅަ ކްލަބްގެ މީޑީއާ ޕާޓްނަރަކަށް މީޑިއާ ގްރޫޕުގެ ގާފު އޮންލައިން ހަމަޖައްސައިފި އެވެ.

ގޮސިޔާ

މިރޭ ޒިމަމަން ރެސްޓޯރެންޓުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ތިނަދޫ ޔޫތް ފުޓްބޯޅަ ކްލަބާއި ގާފު މީޑިއާ ގްރޫޕާއި ދެމެދު ވަނީ ހާއްސަ އެމްއޯޔޫއެއްގައި ސޮއި ކޮށްފައި އެވެ.

މި އެމްއޯޔޫގައި ގާފު މީޑިއާ ގްރޫޕުގެ ފަރާތުން ސޮއި ކޮށްދެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަހުމަދު ޝުރާއު އެވެ. އަދި ތިނަދޫ ޔޫތް ފުޓްބޯޅަ ކްލަބްގެ ފަރާތުން ސޮއި ކޮށްދެއްވީ އެކްލަބްގެ ފައުންޑިންގ މެމްބަރެއް ކަމުގައިވާ މުހައްމަދު އަހުމަދު އެވެ.

undefined

މި އެމްއޯޔޫގެ ދަށުން ތިނަދޫ ޔޫތް ފުޓްބޯޅަ ކްލަބްގެ ފަރާތުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ޚަބަރާއި މައުލޫމާތު ގާފު އޮންލައިން މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައި އެވެ.

މީގެ އިތުރުން ތިނަދޫ ޔޫތް ކްލަބުގެ ފުޓްބޯޅަ އެކަޑަމީގެ މެއިން ސްޕޮންސަރަކަށް ޕްރިންޓެކް ވަނީ ހަމަޖައްސާފައި އެވެ.

undefined

ތިނަދޫ ޔޫތް ފުޓްބޯޅަ ކުލަބް ނުވަތަ ޓީވައިއެފްސީ އަކީ ތިނަދޫގައި ފުޓްބޯޅަ ކުރިއެރުމުގެ މަގްސަދުގައި 2018 ވަނަ އަހަރު އުފަންވި ފުޓްބޯޅަ ކްލަބެކެވެ. ޓީވައިއެފްސީއިން ވަނީ މީގެ ކުރިން ތިނަދޫގައި ކުޑަކުދިންނަށް ފުޓްބޯޅަ ޓްރެއިނިން ދިނުމުގެ އެކަޑަމީ ޕްރޮގްރާމްތަކެއްވެސް ކުރިޔަށް ގެންގޮސްފައި އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ޖަމިއްޔާއިން ވަނީ ތިނަދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން ތިނަދޫގައި އަންހެން ފުޓްސަލް މުބާރާތެއްވެސް ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންގޮސްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ