ގެމަނަފުށި ސްކޫލުގެ ދަރިވަރުންތަކެއް ގޮތް ނޭނގޭ ގޮތަކަށް ބަލިވެ ފަރުވާދެނީ

ގއ ގެމަނަފުށީ ސްކޫލުގެ ދަރިވަރުންތަކެއް ގޮތް ނޭނގޭ ގޮތަކަށް ކުއްލި އަކަށް ބަލިވެ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދޭން ފަށާފައިފި އެވެ.

ގއ ގެމެނަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރ މުއާޒް " ގާފު " އޮންލައިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މިރޭގެ އިރާކޮޅު ގެމަނަފުށީ ސްކޫލުގެ ހަަ ދަރިވަރަކު ހޭނެތިގެން ވަނީ އެހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭންފަށާފައި އެވެ. އަދި މިހާރު އެހުރިހާ ކުދިންގެވެސް ހާލު ރަނގަޅު ކަމަށް މުއާޒް މައުލޫމާތު ދެއެވެ.

އެރަށުގައި ހުރި ގާފުގެ ނޫސްވެރިޔާ މައުލޫމާތު ދެމުން ބުނި ގޮތުގައި ހޭނެތުނީ އެސްކޫލް ގްރޭޑް 10 ގެ އެކްސްޓްރާ ކްލާހަކަށް ދިޔަ ދަރިވަރުންތަކެކެވެ. އަދި ފަހަރަކު ކުއްޖަކަށް ގޮތްގޮތްވެ ބަލިވާން ފެށުމުން ބަލިވި 6 ދަރިވަރުން ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށްވެސް އޭނާ މައުލޫމާތު ދެއެވެ. އަދި ފަހުން ޓީޗަރަކުވެސް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި ބަލިވެގެން ސިއްހީ މަރުކަޒަށް ގެންދެވުނީ 2 ފިރިހެން ކުދިންނާއި 4 އަންހެން ކުދިންނެވެ.

ގޮތް ނޭނގޭ ގޮތަކަށް ކުދިންތަކެއް ބަލިވުމުގައި ޖިންނި ފުރޭތައިގެ ކަމެއް އުޅޭކަމަށް އެރަށުތެރޭގައި ދަނީ ވާހަކަދެކެވެމުންނެވެ. އަދި އެ ސްކޫލުގެ ބައެއް ކުދިންނާއި ސްޓާފުން ވެސް މީގެ ކުރިންވެސް އެފަދަ ވާހަކަތައް ދައްކާ ކަމަށް ވަނީ މައުލޫމާތު ލިބިފައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް