އުރީދޫ 5ޖީ އެސް21ގެ ސީރީސްތަކަށް!

އުރީދޫ 5ޖީގެ ހިދުމަތް ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގެންގުޅޭ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ލިބޭނެ ގޮތް އުރީދޫއިން ހަދައިފި އެވެ.

5ޖީގެ ހަލުވި ސްޕީޑްތައް ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި މިހާރު ލިބޭނެއެވެ.

އުރީދޫގެ 5ޖީ ނެޓްވޯރކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ޚިދުމަތް މާލޭގެ ބޮޑު ސަރަހައްދަކަށް މިހާރު ވަނީ ތައާރަފްކޮށްފައިވެއެވެ. މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމަނާފައިވެއެވެ.

އުރޫދޫއިން ބުނެފައިވާ ގޮތުގައި 5ޖީ ޓެކްނޮލޮޖީއާ އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓް ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަ ވެގެންދާނެއެވެ. ގެންގުޅޭ ފޯނަށް 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބޭއިރު، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ތަޖުރިބާ ކުރެވޭނެއެވެ. އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯޑްކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާ ގިނަވަގުތު ނުނަގާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫން 5ޖީގެ ހިދުމަތް ފޯނުތަކަށް ދޫކުރަން ފަށާފައިވާ އިރު އުރީދޫގެ މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް21 ޕްލަސް އާއި އެސް21 އަލްޓްރާ ފޯނު ގަތުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް އެބަ އޮތެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް