logoEN
ޕީއެންސީ 2
ކޯލިޝަން މަޝްވަރާއަށް ރައީސް ސޯލިހާއި މައުމޫން ބައްދަލުކުރައްވަނީ

ކޯލިޝަން މަޝްވަރާއަށް ރައީސް ސޯލިހާއި މައުމޫން ބައްދަލުކުރައްވަނީ

އައިޝަތު އިފާޝާ

logo

3/19/2023, 1:39:22 PM

Dj8E2OUx6eyMq6rmX2fr6bhiE

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް، އެމްޑީޕީގެ ކެނޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ރައީސް މައުމޫނާއި، ރައީސް ސޯލިހު މިއަދުގެ ވަގުތެއްގައި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް މިއުވާން ވިދާޅުވިނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ރިޔާސީ އިންތިޚާބުގައި ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނަކާއެކު ވާދަ ކުރުމަކީ ރައީސް ސޯލިހު ގެންގުޅުއްވާ ވިސްނުމެއްކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އަދި މިހާރުވެސް ސަރުކާރު ކޯލިޝަންގެ ބައިވެރިންނަށް އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފައެވެ.

އެ މަނިކުފާނުގެ ދައުވަތާ ގުޅިގެން މީގެ ކުރިން އެމްއާރްއެމުން ބުނެފައިވަނީ އެ ކަމާ މެދު ގޮތެއް ނިންމަވާނީ މައުމޫން ރާއްޖެ ވަޑައިގެންނެވުމުން ކަމަށެވެ. ދެ މަހެއްހާ ދުވަހު، ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހު، އެ މަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

ރައީސާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައިވަނީ މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންނާއި ކުރިން އިދިކޮޅުގައި އޮތް މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. އަދި، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި އަހަރުގެ އިންތިޚާބުގައި ރައީސް ޞާލިޙާ އެކު ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި، މި އިންތިޚާބުގައި ޖޭޕީއާ އެކު މަސައްކަތް ކުރުމަށް އެ މަނިކުފާނު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ