logoEN
ކޮކާކޯލާ
ބްރެމަރގެ ލަނޑުން މޮޅުވެ ޔުވެންޓަސް ކޮޕާ އިޓާލިއާގެ ސެމީއަށް!

ބްރެމަރގެ ލަނޑުން މޮޅުވެ ޔުވެންޓަސް ކޮޕާ އިޓާލިއާގެ ސެމީއަށް!

ހަސަން ޝަމްއޫން

logo

2/3/2023, 8:00:10 AM

c35207e57b4d9b89f47a916ff3626332o2

އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގެ ފަހުޖާގަ ޔުވެންޓަސް އިން ހޯދައިފިއެވެ. މުބާރާތުގެ ކުއާޓާ ފައިނަލް ފަހު މެޗުގައި ރޭ ލާޒިއޯ އަތުން ޔުވެންޓަސް މޮޅުވީ 1-0 ގެ ނަތީއްޖާއަކުންނެވެ.

އަބުޅޯ

އިޓާލިއަން ކަޕްގެ ސެމީ ފައިނަލް ދެ ލެގަށް ކުޅޭއިރު، އަންނަ އޭޕްރީލް މަހުގެ ތެރޭގައި ކުޅޭ ސެމީގެ މެޗުތަކުގައި ޔުވެންޓަސް އިން ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރަނީ ފިއޮރެންޓީނާ އާއި ކްރެމޮނީސޭ އެވެ. އިޓާލިއަން ލީގުގެ ފުލުގައި އޮތް ކްރެމޮނީސޭ ސެމީ ފައިނަލުން ޖާގަހޯދީ ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ އަތުން ކުއާޓާ ފައިނަލުގައި މޮޅުވެގެންނެވެ. އަދި އެޓީމު ވަނީ މުބާރާތުގެ ދެވަނަ ބުރުގައި މި ސީޒަނުގައި އަދަޔާ ޚިލާފު މޮޅުކުުމަކާއި އެކު އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީ ވެސް ބަލިކޮށްފައެވެ.

undefined

ބްރެޒިލްގެ ޑިފެންޑަރު، ބްރެމަރ ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލްގެ ޑިފެންޑަރު، ބްރެމަރ އެވެ.

މި ގޯލަކީ ޔުވެންޓަސްގެ ސާބިއާ ވިންގް، ފިިލިޕް ކޮސްޓިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލީޑު ފުޅާކޮށްލުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ޔުވެންޓަަސްގެ ކުޅުންތެރިންނަށް ނުހިފުނު އިރު ލާޒިއޯގެ ހަމަލާތައް ހުއްޓުވުމުގައި ޔުވެންޓަސްގެ ޑިފެންޑަރުން ވަނީ ރޭވުންތެރިކަމާއި އެކު މުޅި މެޗުގައިވެސް މޮޅުކުޅުމެއް ދައްކައިދީފައެވެ.

މި ފަހަރުގެ އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގައި އިންޓަ އާއި ޔުވެންޓަސް ވާދަކުރަން ޖެހުނުއިރު، މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކުރީ ވެސް މި ދެޓީމެވެ. ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޔުވެންޓަސް ބަލިކޮށް އަށް ވަނަ ފަހަރަށް އިންޓަ މިލާނުން މުބާރާތް ކާމިޔާބުކުރި އިރު ޔުވެންޓަސް އިން ވަނި މި މުބާތާރުގެ ޗެންޕިއަންކަން 14 ފަހަރު ހޯދައިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ