logoEN
cocacola
ނާޒިމްގެ ފާޑުކިޔުން ސަރުކާރަށް!

ނާޒިމްގެ ފާޑުކިޔުން ސަރުކާރަށް!

DSC_9479-scaled

ނިމިގެން ދިޔަ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ފެނިގެން މިދިޔައީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރުން ހައްދު ފަހަނަ އަޅާފައިވާ މިންވަރު ކަމުގައި ވިދާޅުވެ އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ސަރުކާރަށް ފާޑުކިޔައިފި އެވެ.

ގޮސިޔާ

ނާޒިމް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރޭ އެމްއެންޕީގެ ފަރާތުން ބޭއްވި "ރައްޔިތުންގެ އުދާސް" ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ނިމިގެން ދިޔަ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ފެނިގެން މިދިޔައީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރުން ހައްދު ފަހަނަ އަޅާފައިވާ މިންވަރު ކަމުގައެވެ. އަދި މިއީ ރައްޔިތުންގެ ފައިސާ ކަމަށާއި މިއީ ހިތާމަކުރަން ޖެހޭ ކަމެއް ކަމުގައެވެ. އެއިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާއަށް ދީފައިހުރި ހުރިހާ ވަސީލަތްތަކެއް ނަހަމަ ގޮތުގައި ބޭނުންކުރެވުނު މަންޒަރު ފެނުނު ކަމަށާއި، އޭގެ ތެރޭގައި ހުރިހާ ސަރުކާރުގެ ކުންފުނިތަކަށް ނިސްބަތްވާ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރި ކަމުގައެވެ. އެގޮތުން ލޯންޗު ފަހަރުން ފެށިގެން މުވައްޒަފުންނަށް ދާންދެން ނަހަމަ ގޮތުގައި ބޭނުން ކުރިކަންވެސް ޕާޓީގެ ރައީސް ނާޒިމް ފާހަގަކުރެއްވިއެވެ.

މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރު ކުރުމަށްޓަކައި އިންތިޚާބުތަކާ ގުޅޭ ޤާނޫނުތައް އިސްލާޙުކުރުމަށް އެމްއެންޕީގެ ފަރާތުން އަންނަ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަންވެސް ނާޒިމް ވިދާޅުވިއެވެ. އަދި މިއިސްލާޙު ހުށަހަޅަން ޖެހެނީ ސަރުކާރުން ތަކުރާރުކޮށް އިންތިޚާބުތަކަށް ނުފޫޒު ފޯރުވަމުން ދާތީ ކަމުގައި ނާޒިމް ފާހަގަކުރެއްވި އެވެ.

މިރޭ އެމްއެންޕީ ޖަގަހައިގައި ބޭއްވި ޖައްސާގައި ޕާޓީގެ ރައީސް އަދި ޕާޓީގެ ލީޑަރޝިޕްގެ އިތުރުން ގިނަ އަދަދެއްގެ ޕާޓީގެ މެންބަރުންނައި ޕާޓީއަށް ހެޔޮއެދޭ ގިނައަދަދެއްގެ ފަރާތްތަކެއް ބައިވެރިވެފައިވެއެވެ. "ރައްޔިތުންގެ އުދާސް" ޖަގަހަ ޖަލްސާއަކީ އެމްއެންޕީގެ ފަރާތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ފާހަގަކޮށް އެކަންކަމަށް އަލިއަޅުވާލާ ބާއްވާ ސިލްސިލާ ޖަލްސާތަކެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ