logoEN
ޕީއެންސީ 2
އެމްބާޕޭ ދެފަހަރަށް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވި މެޗުގައި ޕީއެސްޖީއަށް އުދަގޫ މޮޅެއް!

އެމްބާޕޭ ދެފަހަރަށް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވި މެޗުގައި ޕީއެސްޖީއަށް އުދަގޫ މޮޅެއް!

ހަސަން ޝަމްއޫން

logo

2/2/2023, 5:46:28 PM

94f6ca7540a5aeca7c5a1f1682ace720o2

ފްރާންސް ލީގުގައި ރޭ ރަށުން ބޭރުގައި މޮންޓްޕެލިއާ އާއި ވާދަކޮށް 3-1 ގެ ނަތީއްޖާއަކުން މޮޅުވެ ޕީއެސްޖީ އިން ލީގުތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

ޝަރީ 2024

މި މެޗުގެ ހަތްވަނަ މިނެޓުގައި މޮންޓެޕިއޭގެ އޭރިއާތެރެއިން ސާޖިއޯ ރާމޯސްއަށް ކުރި ފައުލަކާއި ގުޅިގެން ޕީއެސްޖީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ އެމްބާޕޭ ފޮވުނވާލުމުން މޮންޓްޕެލިއާގެ ފުރާންސް ގޯލްކީއްޕަރު ބެންޖަމިން ލެކޮމްޓޭ ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް އެ ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ކީޕަރު ގޯލު ލައިނަށްވުރެ ބޭރަށް ނުކުމެފައި ހުރުމުން ރެފްރީ ވަނީ ދެވަނަ ފަހަރަށް ޕެނަލްޓީޖެހުމުގެ ފުރުސަތު ދީފައެވެ. ނަމަވެސް އެމްބާޕޭ ދެވަނަ ފަހަރަށް ޕެނަލްޓީ ފޮނުވާލިއިރު ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ގޯލު ދަނޑީގައި ޖެހިފައި އޭރިއާތެރެއަށް އައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލަން އެމްބާޕޭއަށް ލިބުނު ނަމަވެސް އޭނާއަށް އެ ބޯޅަ ގޯލާއި އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ.

undefined

މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ފުރާންސް ފޯވާޑް އެމްބާޕޭ އަދި ސްޕެިންގެ ޑިފެންޑަރ ސާޖިއޯ ރާމޯސްއަށް އަނިޔާވެގެން ބަދަލުކުރަންޖެހުނު އިރު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި މެސީ ވަނީ ލަނޑެއް ކާމިޔާބުކޮށް ފީއެސްޖީއަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް ވީއޭއާރު އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އެފްސައިޑް ގޯލެއްކަމަށެވެ. އަދި ދެވަނަ ހާފު ފެށިގެން އެޓީމުގެ މޮރޮކޯ ޑިފެންޑަރ އަޝްރަފް ހަކީމީ ކާމިޔާބު ކުރި ލަނޑުވެސް ވީއޭއާރުން ނިންމީ އޮފްސައިޑް ލަނޑެއްކަމަށެވެ.

undefined

މި މެޗުގައި ޕީއެސްޖީން ލީޑުނެގި ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައެވެ. މި ލަނޑު ހޫގޯ އެކިޓިކޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ސްޕެނިޝް މިޑްފީލްޑަރ ފަބިއަން ރުއިޒްއެވެ. އަދި ޕީއެސްޖީގެ ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި ފަބިއަން ރުއިޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެސީއެވެ. މިއީ މެސީ މި ސީޒަންގައި ޖެހި 14 ވަނަ ލަނޑެވެ.

މޮންޓެޕިއޭއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ އާނައުޑް ނޯޑިންއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ މަވިޑީޑީގެ އެހީތެރިކަމާއި އެކުގައެވެ.

މެޗުގައި ޕީއެސްޖީއަށް ތިންވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ އުމުރުން އެންމެ 16 އަހަރުގެ ޒާހިރް އެމެރީއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ހަކީމީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

މި މޮޅާއިއެކު ޕީއެސްޖީއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 21 މެޗުން ވަނީ 51 ޕޮއިންޓް ލިބިފައެވެ. މެޗުން ބަލިވި މޮންޓެޕިއޭ މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ