logoEN
cocacola
މިއަހަރުގެ ފުރަތަމަ މޮޅާއި އެކު ބަޔާން ޖަރުމަން ކަޕްގެ ކުއާޓާ ފައިނަލަށް!

މިއަހަރުގެ ފުރަތަމަ މޮޅާއި އެކު ބަޔާން ޖަރުމަން ކަޕްގެ ކުއާޓާ ފައިނަލަށް!

ހަސަން ޝަމްއޫން

logo

2/2/2023, 4:25:26 PM

270d7e2e5cf0de565b982a70d583845eo2

ޖަރުމަނު ކަޕްގެ ދެވަނަ ބުރުގައި ރޭ ރަށުންބޭރުގައި މައިންޒް ފަސޭހަކަމާއި އެކު 4-0 ގެ ތަފާތުބޮޑު ނަތީއްޖާއަކުން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން މިއުނިކް ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

ޖަނަވަރީ ޓްރާންސްފާގެ ފަހު ދުވަހު ލޯން އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީން ބަޔާން މިއުނިކާއި ގުޅުނު ޕޯޗުގަލްގެ ޑިފެންޑަރ ކެންސެލޯ ވަނީ ރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. އަދި މި މެޗުގައި ބާޔާނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކެމަރޫންގެ ފޯވާޑް އެރިކް މެކްސިމް ޗައުޕޯ-މޮޓިން ކާމިޔާބުކޮށްދިނީ ބަޔާން އާއި އަލަށް ގުޅުނު ފޯޗުގަލްގެ ޑިފެންޑަރ ކެންސެލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

undefined

ބަޔާންގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ތޯމަސް މުލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖަރުމަންގެ ޒުވާން މިޑްފީލްޑަރ ޖަމާލް މުސިއާލާއެވެ. އަަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ތިންވަނަ ލަނޑު 44 ވަނަ މިނެޓުގައި ޗޫޕޯ މޯޓިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސާނޭއެވެ.

މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކިމިކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންނުކުތް އެޓީމުގެ ޑިފެންޑަރ އަލްފަންސޯ ޑޭވިސްއެވެ. ރޭގެ މެޗަކީ ނިމިދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ފަހު ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ހޯދިފައިނުވާ ބާޔާން މިއުނިކް މި އަހަރު މޮޅުވި ފުރަތަމަ މެޗެވެ.

ރޭގެ މެޗު މައިންޒް އިން ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި އެ ޓީމްގެ އެލެކްސެންޑާ ހެކަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ