logoEN
ކޮކާކޯލާ
"ކުޑަގިރި" މިމަހު 11ގައި ހުޅުވާލަނީ

"ކުޑަގިރި" މިމަހު 11ގައި ހުޅުވާލަނީ

އައިޝަތު އިފާޝާ

logo

2/2/2023, 3:45:53 PM

Kudagiri-Picnic-Island-880x495

މާލެ ސަރަޙައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް ތަރައްޤީކުރާ ކުޑަގިރި މިމަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ހުޅުވަން ސަރުކާރުން ނިންމަވައިފިއެވެ.

އަބުޅޯ

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ ކުޑަގިރި ރަސްމީކޮށް ހުޅުވާދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުކަމަށެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ހިތްހަމަޖައްސާލަން ދަތުރުދާނެ ރަށެއް މިސަރަޙައްދުގައި ނެތުމުގެ ޝަކުވާއަކީ އެތައް ޒަމާނެއްވީ ބޮޑު ޝަކުވާއެކެވެ. ދިރިއުޅުމުގެ ހާސްކަމުގެ ތެރޭގައި ހިތްހަމަޖައްސާލުމަށް ޢާއިލާއާއި އެކު ދަތުރުދާނެ ތަނެއް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ކުޑަގިރި ތަރައްޤީކުރުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ސަރުކާރުގެ ގިނަ މުވައްސަސާތަކެއް ގުޅިގެން ކުރިއަށްގެންދާ މިމަޝްރޫޢު ޕްލޭންކޮށް ހިންގުމުގެ މައި ފަރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއެވެ.

8 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރާ ކުޑަގިރިއަކީ، ދަތުރުގޮސް އުޅޭއިރު ބޭނުންވާނެ ހުރިހާ ޚިދުމަތެއް ޤާއިމުކޮށް ހުޅުވާ ފުރަތަމަ އާޓިފިޝަލް ޕިކްނިކް އައިލެންޑެވެ. ގުދުރަތީގޮތުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި އޮންނަ ފަދަ ފިނޮޅެއް މިރަށުގައިވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން 1.5 ހެކްޓަރުގެ ފިނޮޅެއްވަނީ ތަރައްޤީކޮށް ދަތުރުދާ މީހުން މޫދަށް އެރިލާނެ ފަދަ ހިތްގައިމު ސަރަޙައްދުތަކެއްވެސްވަނީ ތަރައްޤީކޮށްފައެވެ.

ރާއްޖޭގެ ރަށްތައް ފަދައިން ޖަޒީރާ ވަންތަން ކޮންސެޕްޓަކަށް ތަރައްޤީކޮށްފައިވާ މިރަށުގައި ދަތުރުދާ ހުރިހާ ޢުމުރުގެ މީހުންނަށް ބޭނުންވާނެ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ކުޑަގިރީގައިވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ރަށް ބަލަހައްޓާ އޮފީހަކާއި، މިސްކިތާއި، ފާޚާނާ ބަރި، ކެފޭ، ފިހާރަ، ހަޓުތަކާއި އަދި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތަކުގެ އިތުރުން ކައްކައި ކެވޭނެ ސަރަޙައްދުވެސްވަނީ ހަދާފައެވެ.

ކުޑަގިރި ހުޅުވުމަށް ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ