logoEN
ކޮކާކޯލާ
އައިލެންޑް އޭވިއޭޝަން ރީބްރޭންޑް ކުރުމަށް ނިންމައިފި

އައިލެންޑް އޭވިއޭޝަން ރީބްރޭންޑް ކުރުމަށް ނިންމައިފި

އައިޝަތު އިފާޝާ

logo

2/2/2023, 3:15:44 PM

pic1

ޤައުމީ އެއަރލައިން، އައިލެންޑު އޭވިއޭޝަން ރީ-ބްރޭންޑުކުރުމަށް ނިންމައިފިއެވެ.

އަބުޅޯ

ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން މިހާރު ވަނީ ކުންފުނީގެ ލޯގޯ އާއި މަތިންދާ ބޯޓުތަކުގެ ލިވަރީ ނުވަތަ މަތިންދާ ބޯޓުތަކުގެ ބޭރުގައި ބޭނުންކުރާ ކުރެހުން ބަދަލުކުރުމަށް ޑިޒައިންތައް ހުށަހެޅުމަށް ހުޅުވާލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާ ވިދާޅުވީ، ޕްރޮޕޯސަލްތައް ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެެވެ. އަދި މި ލިބޭ ޕްރޮޕޯސަލްތަކަށް ބަލާ އެންމެ ރަނގަޅު ހުށަހެޅުމެއް ހޮވާލާނެ ކަމަށެވެ.

ރީބްރޭންޑް ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑު އޭވިއޭޝަނުން މިހާރު ބޭނުންކުރަމުން އަންނަ ލޯގޯ އަކީ 2010 ވަނަ އަހަރު ކުންފުނި އުފެދުނީއްސުރެ ބޭނުންކުރަމުން އަންނަ ލޯގޯއެވެ.

އައިލެންޑު އޭވިއޭޝަނުން ދަނީ އެކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ބޯޓުތައްވެސް ގެންނަމުންނެވެ. އެގޮތުން އޭޓީއާރު 72 މަރުކާގެ 2 ބޯޓު މިހާރު ރާއްޖެ ގެނެސް ވަނީ ޚިދުމަތުގައި ބޭނުންކުރަން ފަށާފައެވެ. ފުރަތަމަ ބޯޓު ބޭނުންކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އަނެއް ބޯޓު ބޭނުންކުރަން ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އިތުރު ބޯޓެއް މިމަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ