logoEN
ކޮކާކޯލާ
މިއީ އުމުރުން 106 އަހަރުގެ މީހެއް، ދިގު އުމުރުގެ ސިއްރަކީ މިއީ

މިއީ އުމުރުން 106 އަހަރުގެ މީހެއް، ދިގު އުމުރުގެ ސިއްރަކީ މިއީ

އައިޝަތު އިފާޝާ

logo

2/2/2023, 2:56:21 PM

resize-1 copy

އުމުރުން 106 އަހަރުގެ މި ފިރިހެން މީހާ މިވަނީ އޭނާގެ ދިގު އުމުރުގެ ސިއްރު ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެއީ އޭނާ ކުރި ކަންތަކަށްވުރެ ބޮޑަށް ނުކުރާ ކަންތަކުގެ ސަބަބުން ކަމަށެވެ.

އަބުޅޯ

ގޯޑަން އީވާސް ނަމަކަށް ކިޔާ އޮސްޓްރޭލިއާގެ މިމީހާ އުފަންވީ 1916 ވަނަ އަހަރުއެވެ. އެހެންކަމުން ބޮޑު ދެ ހަނގުރާމައާއި 1930 ވަނަ އަހަރު ކުރިމަތިވި ބޮޑު ޑިޕްރެޝަނުގެ އިތުރުން ކޮރޯނާވައިރަހުގެ އާލަމީ ވަބާވެސް އޭނާއަށް ވަނީ ފެނިފައެވެ.

އޭނާއާ ގާތް މީހުން ބުނާގޮތުގައި، އޭނާއަކީ އަދިވެސް އަމިއްލަ ނަފްސު ބެލެހެއްޓުމުގެ ގާބިލުކަން ލިބިފައިވާ މީހެއް ކަމަށާއި، އޭނާގެ ދިރިއުޅުން އަދިވެސް އޮތީ ކުރިއަށް ކަމަށެވެ.

ގޯޑަން ބުނި ގޮތުގައި، ދިގު އުމުރުގެ ގިނަ މީހުންގެ ދިރިއުޅުމުގައި ގިނަ ޓިޕްސްއާއި ޓްރިކްސްގެ ދިގު ލިސްޓެއް އޮތް ނަމަވެސް އޭނާގެ ދިގު އުމުރުގެ ސިއްރަކީ އޭނާ ނުކޮށް ދުރުހެލިވި ކަންތައް ކަމަށެވެ.

އޭނާ ބުނި ގޮތުގައި މާ ގިނަ ކަންތަކެއް އޭނާ ކޮށްފައި ނުވާ ކަމަށާއި، އޭނާ ނުކުރި ކަންތައްތަކުގެ ތެރޭގައި ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ ކަމަށާއި، މަސްތުވާތަކެއްޗާ ދުވަހަކުވެސް ކައިރިނުވާކަމަށެވެ. އަދި އެފަދަ ކަންތައްތަކާ ދުރުހެލިވުމަކީ ދިގު އުމުރެއްގެ ސިއްރެއްކަމަށް އޭނާ ގަބޫލުކުރާކަމަށެވެ.

އޭނާ ބުނީ، ވިސްނުންތެރިކަމާއެކު ދިރިއުޅުމާއި، ގަވާއިދުން ނޭވާލުމާއި، ކަންްތައްތަކާ އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނުމާއި، އުންމީދީ ދިރިއުޅުމެއް އުޅުމަކީ މުހިންމު ކަމެއްކަމަށް ގަބޫލުކުރާކަމަށެވެ. އެހާ ދިގު އުމުރަކަށް އޭނާއަށް ދިރިހުރުމުގެ ފުރުސަތު ލިބުމަކީ އޭނާ އުފާކުރާ ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ