logoEN
ޕީއެންސީ 2
މި ޖަނަވާރު ނެތިދިއުމުގެ ބިރުހީވެފައި، ސަބަބަކީ ޖިންސީ އެދުންވެރިކަން ބޮޑުވެ ނިދި ނުލިބުން

މި ޖަނަވާރު ނެތިދިއުމުގެ ބިރުހީވެފައި، ސަބަބަކީ ޖިންސީ އެދުންވެރިކަން ބޮޑުވެ ނިދި ނުލިބުން

އައިޝަތު އިފާޝާ

logo

2/2/2023, 2:23:36 PM

resize copy

ދުނިޔެއިން ނެތި ގޮސްދާނެކަމުގެ ބިރުހީވެފައިވާ ޖަނަވާރުގެ ބާވަތެއް ނުނިދައި މާ ގިނައިން ޖިންސީ ގުޅުން ހިންގުމުގައި އުޅޭތީ މަރުވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޝަރީ 2024

ޔުނިވާސިޓީ އޮފް ދަ ސަންޝައިން ކޯސްޓްގެ ސައިންސްވެރިން ކުރި ދިރާސާއިން އެނގިފައިވާ ގޮތުގައި ނުރައްކަލަށް ހުށަހެޅިފައިވާ ފިރިހެން ނޮދާން ކުއޯލްތައް ޖިންސީގުޅުން ހިންގަން ކެތްމަދުވެފައި ތިބޭ ވަރުން ނުނިދާ ކަމަށެވެ.

ޔުނިއެސްސީގެ ސީނިއާ ލެކްޗަރާ އިން އެނިމަލް އިކޯފިޒިއޮލޮޖީ ޑރ ކްރިސްޓޯފާ ކްލެމެންޓޭ ނެރުއްވި ނޫސް ބަޔާނެއްގައި ބުނީ، އެޖަނަވާރުތައް ޖިންސީގުޅުން ހިންގަން ކެތްމަދުވެފައި ތިބޭ ވަރުން އޭގެ އަންހެން ޖަނަވާރު ހޯދުމުގައި ނުނިދައި ގިނަ ވަގުތު ހޭދަކުރާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި، ދިރާސާއިން ވަނީ އެޖަނަވާރުތަކުގެ ސިއްހީ މައްސަލަތައް ކުރިމަތިވާކަން ފާހަގަވެފައިވާ ކަމަށާއި، ސަބަބަކީ ހަމަ ނިދި ނުލިބުމާއި ގުޅިފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން ދިރާސާއިން ވަނީ، ހަމަނިދި ނުލިބެނީ އޭގެ ފިރިހެން ޖަނަވާރުތަކަަށް ކަމަށާއި، އަންހެން ޖަނަވާރުތަކުން އެފަދަ އަލާމާތެއް ނުފެންނަ ކަމަށެވެ.

އެގޮތުން އަަންހެން ކުއޯލްތައް ހަތަރު އަހަރު ވަންދެން ވިހައި ދިރިއުޅޭ ކަމަށް އެދިރާސާއިން ވަނީ އެނގިފައެވެ. ނަމަވެސް ގިނަ ފިރިހެން ކުއޯލްތަކުގެ އުމުރު ވަރަށް ކުރު ކަމުގައި ދިރާސާއިން ވަނީ ހާމަވެފައެވެ.

މިޖަނަވާރުތައްް ބްރީޑިން ސީޒަންގައި ޖިންސީ އެދުންވެރިކަން ބޮޑުވޭ. އަދި ހަކަތައިގެ ބޮޑު ބައެއް މައިގަނޑު ގޮތެއްގައި ހޭދަކުރަނީ އެކަމުގައި - ދިރާސާކުރި ސައިންސްވެރިން ބުނެފައިވެއެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި، ޖިންސީ އެދުންވެރިކަން ބޮޑުވެ އަންހެން ކުއޯލްތައް ހޯދުމުގައި ފިރިހެން ކުއޯލްތައްް ދުވާލަކު 10 ކިލޯމީޓަރު ދަތުރުކުރެއެވެ. އަދި އެކަމުގެ ސަބަބުން ހާލަތު ދަށަށް ގޮސް އެޖަނަވާރުތައް މަރުވަމުންދާ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ