logoEN
ޕީއެންސީ 2
މަތިވެރިން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެނޭ

މަތިވެރިން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެނޭ

އައިޝަތު އިފާޝާ

logo

2/2/2023, 1:28:17 PM

323698442_946608243368740_5828835373229414319_n

އުމުރުން 73 އަހަރުގެ ޙަސަން އަލީ ނުވަތަ ހަސަންފުޅުބެގެ ހަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް މަތިވެރި މީހުން ފެށީ އިއްޔެގެ ހެނދުނުއެވެ. އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު 9:35 ހާއިރު އާއިލާއިންނެވެ. އެއާއެކު ހަސަންފުޅުބެގެ އާއިލާއާއި ރަށު ކައުންސިލާއި، މުވައްސާތަކާއި އަދި ރަށުގެ ކުދިބޮޑު އެންމެން ހަސަންފުޅު ހޯދުމަށް ނިކުތެވެ.

ޝަރީ 2024

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސަންފުޅުބެ އެންމެ ފަހުން ފެނިފައިވާކަން އެނގިފައިވަނީ ޖެނުއަރީ 31 ވީ އަންގާރަ ދުވަހު މެންދުރުފަހު 15:45ހާއިރު މަގުމަތިން ދިޔަ މީހަކަށެވެ.

ހަސަންފުޅުބެ ހޯދުމުގެ މަސައްކަތުގައި މަތިވެރި ރައްޔިތުންގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފަށްވެސް ރިޕޯޓުކޮށްް މަސައްކަތް ވަނީ ފުޅާކޮށްފައެވެ. މިހާތަނަށް ރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގޭގެއާއި، ފަޅުގެތަކާއި، ރަށުގެ ވަލުތެރެއާއި ހުސް ހިސާބުތައްވެސް ބަލާފައިވެއެވެ. އަދި އެމްއެންޑީއެފްގެ ޑައިވަރުންނާއި، ރަށުގެ ޑައިވަރުންގެ އެހީއާއިއެކު ރަށު ފަޅުތެރެއާއި މޫދުގެ ސަރަޙައްދުތައްވެސް ދަނީ ބަލަމުންނެވެ.

މީގެއިތުރުން ހެލިކޮޕްޓަރުގެ އެހީގައި ކަނޑުގެ ސަރަޙައްދު ބެލުމަށް މަސައްކަތްކޮށްދިނުމަށް އެދި، އެމްއެންޑީއެފްގައިވެސް މިހާރު އެދިފައިވާކަމަށް ކައުންސިލްގެ މަތިވެރި ކައުންސިލްއިން މައުލޫމާތުދެއެވެ. ހަސަންފުޅުބޭ ހޯދުމުގެ މަސައްކަތުގައި މުޅި މަތިވެރި ރޭވެސް އުޅުނީ ހޭލައެވެ. ހަސަންބެގެ ހިލަމެއްވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ