logoEN
ކޮކާކޯލާ
ޕަވަންދީޕް އާއި އަނުރިތާގެ ޝޯއެއް އަންނަ މަހު ހުޅުމާލޭގައި!

ޕަވަންދީޕް އާއި އަނުރިތާގެ ޝޯއެއް އަންނަ މަހު ހުޅުމާލޭގައި!

indian-idol-12-contestant-pawandeep-rajan-on-romance-rumours-with-arunita-kanjilal-001

އަންނަ މަހުގެ ކުރީކޮޅު ހުޅުމާލޭގައި ބާއްވާ ޓުއާނިވަލް ޝޯގައި އިންޑައިން އައިޑޮލް ކާމިޔާބުކުރި ޕަވަންދީޕް އާއި އެމުބާރާތުގެ ދެވަނަ ހޯދި އަރުނިތާ ޕާފޯމްކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

އަބުޅޯ

މި ދެ ފަންނާނުން ޕާފޯމްކުރާ ޝޯ އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގަ އެވެ. މި ޝޯއަށް ޓިކެޓުތަށް މިހާރު ބުކް ކުރެވޭނެ ކަމަށް ޓުއާނިވަލްއިން ވަނީ ބުނެފައެވެ.

undefined

ޓުއާނިވަލްއަކީ އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ ޓީމަކުން އޭޝިޔާގެ ބައެއް ގައުމުތަކުގައި ބާއްވާ ސެލިބްރީޓިންގެ ކާނިވަލެކެވެ. މި ޓީމުގެ ހަރަކާތްތަށް އަވަށްޓެރި ސްރީލަންކާގައި ވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި ޓީމުން ރާއްޖޭގައި ކުރިޔަށް ގެންދިޔަ ފުރަތަމަ ހަރަކާތް މިދިޔަ މަހު މާލޭގައި ވަނީ ބާއްވާފައެވެ. އެގޮތުން އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންނާއި ދިވެހި ފަންނާނުންގެ ޚާއްސަ ފުޓްބޯޅަ މެޗެއް ވަނީ ރާއްޖޭގައި ކުޅެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ