logoEN
cocacola
ހަނިމާދުއަށް ރޭގަނޑުގެ ދަތުރުތައް މެދުކަނޑާލަނީ

ހަނިމާދުއަށް ރޭގަނޑުގެ ދަތުރުތައް މެދުކަނޑާލަނީ

އައިޝަތު އިފާޝާ

logo

2/1/2023, 1:20:15 PM

FloVL4uacAA0qn8

ހަނިމާދޫ އެއަރޕޯޓަށް ކުރާ މޯލްޑިވިއަންގެ ރޭގަނޑު ދަތުރުތައް އަންނަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް ނިންމައިފިއެވެ.

ގޮސިޔާ

ދަތުރުތައް މެދުކަނޑާލުމަށް ނިންމާލާފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާތީއެވެ. މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑު އޭވިއޭޝަނުން ވިދާޅުވީ، މިގެންނަ ބަދަލާއި އެކު ހަނިމާދޫ އިން އިންޑިއާގެ ޓްރިވެންޑުރަމަށް ކުރާ ދަތުރުތައްވެސް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ.

އަންނަ މަހުގެ 1ވަނަ ދުވަހުގެ ފަހަށް ޓިކެޓު ނަގާ ފަރާތްތަކުން، މޯލްޑިވިއަންގެ ކޯލްސެންޓަރ މެދުވެރިކޮށް ދަތުރުގެ ކަންތައްތައް ހަމަޖެއްސުމަށް ވަނީ މޯލްޑިވިއަނުން ވަނީ އެދިފައެވެ. ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ. އެކުންފުންޏަށް މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި 2024 ގައި މިމަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ