logoEN
ޕީއެންސީ 2
އެންމެ ހަލުވި މޮބައިލް ނެޓްވޯރކްގެ އެވޯޑް އަނެއްކާވެސް ދިރާގަށް

އެންމެ ހަލުވި މޮބައިލް ނެޓްވޯރކްގެ އެވޯޑް އަނެއްކާވެސް ދިރާގަށް

އައިޝަތު އިފާޝާ

logo

2/1/2023, 1:10:28 PM

Fn2nevVaMAE7oAD

ދުނިޔޭގެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނިކަމަށްވާ "އޫކްލާ" އިން ހޮވި ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކްގެ އެވޯޑު ދެވަނަ ފަހަރަށް ދިރާގަށް ލިބިއްޖެއެވެ. ދިރާގަށް ވަނީ 2021 ވަނަ އަހަރުވެސް މި އެވޯޑް ލިބިފައެވެ.

ޝަރީ 2024

ދިރާގުން ބުނީ، އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓްއިން ދައްކާގޮތުގައި އެކުންފުނިން 2022 ވަނަ އަހަރުގެ އެންމެ ހަލުވި ސްޕީޑްގެ މަޤާމު ހޯދައި ރާއްޖޭގެ މޮބައިލް މާރކެޓް ލީޑަރުގެ މަގާމު ހޯދާފައިކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި، ރިސޯޓްތަކަށާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޮބައިލް 4ޖީ ކަވަރޭޖް ފުޅާކޮށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގުކަމަށްވެސް އެކުންފުނިން ބުނެއެވެ.

ދިރާގަށް ލިބުނު ބައިނަލްއަޤްވާމީ އެވޯޑަކީ ދިރާގުގެ ދިގު ޚިދުމަތުގެ ތާރޚުގައި އެކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދީ އެފަރާތްތަކަށް ބިނާކުރަމުންދާ "ޑިޖިޓަލް ފިއުޗަރ" އަށް ތައްޔާރުވުމަށް ކޮށްދެމުންދާ މަސައްކަތުގެ ހެއްކެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުން ފާގަތިކޮށް، ހަރުދަނާ އަދި ބާރުވެރި ޑިޖިޓަލް މުޖުތަމައުއެއް ބިނާކުރުމަށްކަމަށް ދިރާގުން ހާމަކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ