logoEN
ޕީއެންސީ 2
ވީޑިއޯ: ލޯބިވެރިޔާގެ މަންމަގެ ގެއިން ދޮންކެޔޮ ކެއުމުން އެޔަށް ބިލެއް ފޮނުވައިފި

ވީޑިއޯ: ލޯބިވެރިޔާގެ މަންމަގެ ގެއިން ދޮންކެޔޮ ކެއުމުން އެޔަށް ބިލެއް ފޮނުވައިފި

އައިޝަތު އިފާޝާ

logo

2/1/2023, 10:25:51 AM

ex-boyfriend-banana-bread-charges-tiktok-comp copy

ޓިކްޓޮކްގައި އަންހެނަކު މިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާގެ މަންމަގެ ގެއިން ދޮންކެޔޮ ވަކެއް ކެއުމުން އެޔަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ފައިސާ ނެގި ވާހަކަ ހިއްސާކޮށްފައެވެ.

ޝަރީ 2024

އެގޮތުން ޓިކްޓޮކް ވީޑިއޯގައި އަންހެންމީހާ ކިޔައިދިން ގޮތުގައި، ކުރީގެ ލޯބިވެރިޔާއާއެކު އޭނާގެ އާއިލާއަށް ޒިޔާރަތްކުރަން އެގެޔަށް ދިޔަ ދުވަހަކު ކަންތައް ހިނގައިދިޔަ ގޮތް ހިއްސާކޮށް، އޭނާގެ އަތުން ހަމައެކަނި ހެނދުނުގެ ނާސްތާއެއް ކުރުމުން ފައިސާ ނެގި ވާހަކަ ކިޔައިދީފައެެވެ.

ބްލައިތު ނަމަކަށް ކިޔާ މި އަަންހެންމީހާ ކިޔައިދިން ގޮތުގައި އޭނާގެ ކުރީގެ ލޯބިވެރިޔާއާ އެކުގައި އުޅޭތާ އޭރު ތިން އަހަރު ވެފައިވާ ކަމަށާއި، އެމީހުން ވަކިން އުޅޭތީ އާއިލާއާ ބައްދަލުވީ އެންމެ ފަހަރަކު ކަމަށެވެ. އަދި ފިރިހެންމީހާގެ އާއިލާއާ ބައްދަލުކުރަން ދިޔައިރު ބްލައިތު ދިޔައީ ގިފްޓް ބާސްކެޓެއްވެސް ހިފައިގެންނެވެ.

@maddyblythe The audacity 🍞🍌 #finance #financetok #torontolife #cheap #personalfinance #moneytok #relationship #investing ♬ Selfcare-demo - Bella Moulden

އަދި އެދަތުރުގައި ރޭގަނޑު ކެއުމަކާއި ހެނދުނުގެ ނާސްތާއެއް އެމީހުން ފިރިހެންމީހާގެ މަންމަގެ އާއިލާއާއެކު ކެއި ކަމަށާއި، ރޭގަނޑުގެ ކެއުމަށް އެމީހުން ފައިސާ ދެއްކީ އަގުބޮޑުވެފައި މަންމައަށް ކާންދޭން ބޭނުންވީމައި ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި، ދަތުރު ނިންމާލައި ގެއަށް އައި ފަހުން އޭނާގެ ކުރީގެ ލޯބިވެރިޔާގެ ފަރާތުން އެކްސެލް ސްޕްރެޑްޝީޓެއްގެ ލިންކަކާއެކު އީމެއިލެއް އެމީހުންގެ އެދަތުރުގެ ހުރިހާ ޚަރަދެއްގެ ތަފްސީލާއެކު ލިބުނު ކަމަށެވެ.

@maddyblythe It’s okay we’re on to bigger and better now bbs, thank you all for ur concerns and well wishes 😘😘 #storytime #relationship #financetok #moneytok #trauma ♬ I bet Ava saw this - nataliejanesings

އޭނާ ބުނިގޮތުގައި އާންމުގޮތެއްގައި އެމީހުންގެ ދަތުރުތަކުގެ ޚަރަދުތައް ބަރާބަރަށް އެގޮތަށް ބަލަހައްޓާ ކަމަށާއި، ނަމަވެސް އޭނާއަށް އެކަމުގައި ހައިރާންްވީ އެބިލުގައި ހިމަނާފައިވާ ތަފާތު ކަމެއްގެ ސަބަބުން ކަމަށެވެ.

އަދި އޭގައި ހެނދުނުގެ ނާސްތާއަށް 3.23 ޑޮލަރު ޖަހާފައި އިނުމުން އެކަމާ ކުރީގެ ލޯބިވެރިޔާއާ ސުވާލުކުރުމުން އެއީ އޭނާގެ މަންމަގެ ގޭގައި ހެނދުނުގެ ނާސްތާގެ ގޮތުގައި އަންހެން މީހާ ނެގި ދޮންކެޔޮ ވަކާއި، ޓޯސްޓްގެ ބިލް ކަމަށް ފިރިހެން މީހާ ބުނި ކަމަށް ބްލައިތު ބުންޏެވެ.

@maddyblythe Replying to @k here’s what the excel spreadsheets looked like. I am in awe that I was okay with this honestly 😅 #greenscreen ♬ original sound - Money Maddy 💸

އޭނާ ބުނިގޮތުގައި ކުރީގެ ލޯބިވެރިޔާ ވަނީ އޭނާއާއި އޭނާގެ މަންމައަށް ބްލައިތު އެފައިސާ ދޭން ޖެހޭނެ ކަމަށް ތަކުރާރުކޮށް ބުނަމުން ކަމަށާއި، އެންމެފަހުން އޭނާ އެފައިސާ ދިން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ