logoEN
cocacola
ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ މިޑްފީލްޑަރ މާސެލް ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް!

ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ މިޑްފީލްޑަރ މާސެލް ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް!

ހަސަން ޝަމްއޫން

logo

2/1/2023, 8:46:33 AM

https___bayernstrikes.com_wp-content_uploads_getty-images_2017_07_1389440373

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ މިޑްފީލްޑަރ މާސެލް ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

ގޮސިޔާ

މެންޗެސްޓަރ ޔުނައިޓެޑުން އުމުރުން 28 އަހަރުގެ ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން ގެނެސްފައި މި ވަނީ މިވަގުތު އެޓީމުގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަންއަށް އަނިޔާވެ ތިން މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަން ޔަގީންވުމާއި ގުޅިގެންނެވެ.

undefined

އެރިކްސަންގެ އިތުރުން ޔުނައިޓެޑުގެ ސްކޮޑުގައި ހިމެނޭ މުހިންމު ދެ މިޑްފީލްޑަރުން ކަމަށްވާ ޑޮނީ ވެން ޑަ ބީކް އަދި ސްކޮޓް މެކްޓޮމިނޭ އަށް ވެސް ވަނީ އަނިޔާވެ ސީޒަނުގެ ބާކީބައިގައި ނުކުޅެވޭނެކަން ޔަގީންވެފައެވެ.

ސަބިޓްޒާ ބަޔާން މިއުނިކާއި ގުޅިފައި ވަނީ 2021 ވަނަ އަހަރު ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގުންނެވެ. އޭނާ މިހާތަނަށް ބަޔާނަށް ވަނީ 54 މެޗު ކުޅެދީފައެވެ.

ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ސަބިޓްޒާ ބުނެފައި ވަނީ ބައެއް ފަހަރު ދިރިއުޅުމުގައި އަވަސް އަދި މުހިންމު ނިންމުންތައް ނިންމަން ޖެހޭކަމަށެވެ. މި ފުރުސަތުގެ ވާހަކަ އަޑުއިވުނު ހިސާބުން މިއީ އޭނާއަށް ރަނގަޅު ފުރުސަތެއް ކަން ގަބޫލްކުރި ކަމަށާއި، ބޭނުންވަނީ މި ސީޒަންގައި ޔުނައިޓެޑުގައި ރަގަޅު ކުޅުމެއް ދައްކައި، އެ ކުލަބުން މި ސީޒަންގައި ހިފާފައިވާ އަމާޒް ހާސިލް ކުރުމަށް އެހީތެރިވުން ކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ރަނގަޅު ހާލަތެއްގައި ކަމަށާއި، ބޭނުންވަނީ އޭނާގެ ހަކަތައާއި ތަޖުރިބާ ޓީމަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

ސަބިޓްޒާއަކީ އޮސްޓްރިއާގެ ގައުމީ ޓީމުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 68 މެޗުގައި 12 ލަނޑު ޖަހާފައެވެ.

ޔުނައިޓެޑުން ވަނީ މި ޖަނަވަރީ ޓްރާންސްފާގައި އެ ޓީމްގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ބާންލީއަށް ކުޅެމުން އައި ނެދަލެންޑްސްގެ ފޯވާޑް ވުޓް ވެގްހޯސްޓް ވެސް ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް ގެނެސްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ