logoEN
ކޮކާކޯލާ
ރާއްޖެ ސަރަހައްދަށް ވަރަށް ބޮޑަށް ވައި ނުސާފުވެއްޖެ

ރާއްޖެ ސަރަހައްދަށް ވަރަށް ބޮޑަށް ވައި ނުސާފުވެއްޖެ

Screenshot-2023-01-31-at-13.32.19

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ވައި ނުސާފުވެ ލޮލަށް ދުރުފެންނަ މިންވަރު ދަށް ވެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނެފައިވެއެވެ.

އަބުޅޯ

މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް އުތުރުން ވައި ޖެހެމުންދާ އިރު، މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައި ނުސާފުވެ، ލޮލަށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށެވެ.

އާންމު ގޮތެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް މިއަދު ހެނދުނު 7:00 އިން ފެށިގެން ހާއްސަކޮށް މެދުރާއްޖެ ތެރެ ހިމެނޭ ސަރަހައްދުގައި މި މިންވަރު ވަނީ އެވްރެޖްކޮށް ހަތަރު ކިލޯމީޓަރަށް ދަށްވެފައި ކަމަށް އެ އޮފީހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ވަނީ ބުނެފައެވެ.

ދުރުފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިންމު ދައުރެއް އަދާކުރެއެވެ.

މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި އިރުވައި މޫސުމުގެ ގޮނަ ދުވަސްތަކެއްގައި އާންމުކޮށް ރާއްޖެސަރަހައްދުގެ ވައިނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވެގެން ދެއެވެ.

ރާއްޖޭގެ ވައި ނުސާފުވާކަން މެޓް އޮފީހުން ހާމަކޮށްފައިވާއިރު ވައި ނުސާފުވާ ދުވަސްވަރު އަމަލު ކުރާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީގެ ކުރިން އާންމުކޮށްފައެވެ. އޭގެ ތެރޭގައި ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ މީހުންނާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަ ނުކުރުން ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ