logoEN
ޕީއެންސީ 2
ފިރިމީހާއާ އެކު ޖިންސީ ގުޅުން ހިންގި ހަށިވިއްކާ އަންހެނަކަށް ހޭއަރުވާލައިފި

ފިރިމީހާއާ އެކު ޖިންސީ ގުޅުން ހިންގި ހަށިވިއްކާ އަންހެނަކަށް ހޭއަރުވާލައިފި

އައިޝަތު އިފާޝާ

logo

1/30/2023, 2:24:42 PM

New Project (62)

ފިރިމީހާއާ އެކު ޖިންސީ ގުޅުން ހިންގަން އޮއްވާ ފެނުމުން ތައިލެންޑުގެ ހަށިވިއްކާ އަންހެނަކަށް ހޭއަރުވާލައިފިއެވެ.

ޝަރީ 2024

ރިޕޯޓުތައް ބުނާ ގޮތުގައި، އަނބިމީހާއަށް އޭނާގެ ފިރިމީހާ އެހެން އަންހެނަކާއެކު ގުޅުން އޮންނަކަން އެނގުނީ ފިރިމީހާގެ ފޯނުން ހަށިވިއްކާ އަަންހެން މީހާއާއެކު ނަގާފައިވާ ފޮޓޯތަކެއް ފެނުމުންނެވެ. އެހެންކަމުން އަންހެންމީހާ އޭނާގެ ފިރިމީހާއަށް ފާރަލާން ފެށިއެވެ.

އަދި މި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ތައިލެންޑްގެ މަސާޖު ޕާލާއަކަށް އޭނާގެ ފިރިމީހާ ދިޔަކަން އެނގުމުން އަންހެންމީހާ ވަނީ އެތަނަށް ގޮސްފައެވެ. އޭނާ އެތަނަށް ދިޔައިރު ފިރިމީހާ އެތަނުން ގޮސްފައިވީ ނަމަވެސް އެތަނުގައި ހުއްޓާ ހަށިވިއްކާ އަންހެންމީހާ ފެނުމުން ވަނީ އޭނާއަށް ހަމަލާދޭން ފަށާފައެވެ. އެގޮތުން ފަސްމިނެޓަށްވުރެ ގިނައިރު ވަންދެން އެ އަންހެން މީހާ ގައިގަ ތަޅާފައިވާ ކަމަށްވެސް ރިޕޯޓުތައްބުނެއެވެ.

View post on Twitter

ތަޅަން ފެށުމުން ހަށިވިއްކާ އަންހެންމީހާ ވަނީ އެކަމަށް މާފަށް އެދި އެކަން ދެން ނުކުރާނެ ކަމަށް ބުނެފައެވެ. އަދި ހަށިވިއްކާ އަންހެން މީހާގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލަ މިހާރު އެސަރަހައްދުގެ ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ