logoEN
ޕީއެންސީ 2
ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ޗެލްސީއިން 216 މިލިއަން ޕައުންޑު ޚަރަދުކޮއްފި!

ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ޗެލްސީއިން 216 މިލިއަން ޕައުންޑު ޚަރަދުކޮއްފި!

ހަސަން ޝަމްއޫން

logo

1/30/2023, 12:56:23 AM

FnP5ej2XEAAa8Hq

ލިއޯންގެ ޒުވާން ޑިފެންޑަރ މާލޯ ގުސްޓޯ 26.3 މިލިއަން ޕައުންޑުގެ ޓްރާންސްފާއެއްގައި ޗެލްސީއަށް ސޮއިކޮށްފިކަމަށް އެކުލަބުން ކަށަވަރުކޮށްދީފިއެވެ. ގުސްޓޯ ޗެލްސީއާއި ގުޅިފައި ވަނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޝަރީ 2024

ނަމަވެސް ފްރާންސްގެ 21 އަހަރުން ދަށުގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ 2022-2023 ވަނަ އަހަރުގެ ސީޒަންގެ ބާކީ ބައިގައި ލިއޯން ޓީމާއެކު ލޯނު އުސޫލުން މަޑުކުރާނެ އެވެ. ޗެލްސީ އިން ގުސްޓޯގެ ސޮއި ހޯދީ އެޓީމުގެ މިހާރުގެ ރައިޓް ބެކް ރީސް ޖެމްސްގެ ބެކަޕް ޕްލޭއަރެއްގެ ގޮތުގައެވެ. އަދި އުމުރުން 19 އަހަރުގެ ގުސްޓޯ އަކީ އެޓީމުގެ ޑިފެންސް އިތުރަށް ވަރުގަދަކުރުމަށް ކުރަމުން އައި މަސައްކަތައް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި އެކުލަބުން ދެކެއެވެ.

undefined

މާލޯ ގުސްޓޯ ގެ އިތުރުން ފުރާންސްގެ ފޯވާޑް ކްރިސްޓޮފާ އެންކުންކޫ ޗެލްސީގެ ޓީމާއި ގުޅޭނީ މި ސީޒަން ނިމުމުންނެވެ. ޖަރުމަންގެ އާރްބީ ލައިޕްޒިގް އަށް ކުޅެމުން އަންނަ އެންކުންކޫގެ ސޮއި ޗެލްސީ އިން ހޯދީ 53 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ގުސްޓޯ ވަނީ ޗެލްސީގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އެ ކްލަބުގެ ސަޕޯޓަރުންނާ މުހާތަބުކޮށްފަ އެވެ. "އޭ ޗެލްސީގެ ސަޕޯޓަރުން، އަހަރެން ވަރަށް އުފާވޭ މިތަނަށް އާދެވުނީމަ. ސަޕޯޓަރުންގެ މެސެޖުތަކަށް ޝުކުރު އަދާކުރަން އަދި ވަރަށް އަވަހަށް ބައްދަލުކުރާނަން...."

އުމުރުން 19 އަހަރުގެ ގުސްޓޯ ވަނީ ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލިޔޯންގެ ފުރަތަމަ ޓީމަށް 54 މެޗު ކުޅެދީފައެވެ. އުމުރުން 19 އަހަރުގެ ގުސްޓޯ އަކީ ލިއޯންގެ ފުރަތަމަ އެގާރައިން މިހާރު ގަވާއިދުން ފުރުސަތު ހޯދަމުން އަންނަ އެޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

undefined

ގުސްޓޯގެ ސޮއި ޗެލްސީ އިން ހޯދިއިރު އިންޓަ މިލާނުން ހޫނު މޫސުމުގައި 12 މިލިއަން ޕައުންޑަށް ސޮއިކުރި ޗެލްސީގެ މިޑްފީލްޑަރު ސެސަރޭ ކަސަޑޭ މި ހަފުތާ ބަންދުގެ ފަހުން ލޯން އެއްބަސްވުމެއްގެ ދަށުން ޗެންޕިއަންޝިޕް ކުލަބް ރީޑިންއާ ގުޅުމަށް މިހާރު ދެ ކުލަބުން ވަނީ އެއްބަސްވެފައެވެ.

ގުސްޓޯ އަކީ ޗެލްސީން ޖެނުއަރީ ޓުރާންސްފާގައި ސޮއިކުރި ހަތް ވަނަ ކުޅުންތެރިޔާއެވެ. އޭގެ ތެރޭގައި ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް އެތްލެޓިކޯ މެޑްރިޑުން އެޓީމާއި ގުޅުނު ޔޮއާއޯ ފެލިކްސް ވެސް ހިމެނެއެވެ. އަދި ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގެނައުމަށް އެކުލަބުން ކުރި ހޭދަ މިހާރުވަނީ 216 މިލިއަން ޕައުންޑަށް އަރާފައެވެ. ނަމަވެސް ޗެލްސީ އިން އަދިވެސް އަންނަނީ އެޓީމުގެ މިޑްފީލްޑް ވަރުގަދަކުރުމަށް އިތުރުު ކުޅުންތެރިއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިގޮތުން ބެންފީކާގެ އެންޒޯ ފެނާންޑޭޒް އާއި ބްރައިޓަންގެ މޮއިސްސް ކެއިސެޑޯ އަދި އެވަޓަންގެ އަމާޑޫ އޮނާނާ ފަދަ ކުޅުންތެރިން ގެނައުމަށް އެކުލަބުން މި މަހު ކުރި މަސައްކަތުގައި މިހާތަނަށް އެ ޓީމަށް ވަނީ އެކަށީގެންވާ ކުރިއެރުމެއް ނުލިބިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ